އޭސީސީއާއެކު ހަދާފައިވާ އެކްސްކްރޯ އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްއާ ދެކޮޅަށް ދައުވާކުރުމަށް ކުރީގެ ރައީސް، ރައީސް އަބުދު ﷲ ޔާމިން ނިއްމަވައިފިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ކަމަށް ބެލެވިގެން ރައީސް ޔާމީންގެ އިސްލާމިކް ބޭންކު އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ހަވާލުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުމުން ޔާމީން ވަނީ އެ މަނިކުފާނާއި އޭސީސީ ހިއްސާވާ ގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި 2018 ގައި އެ ފައިސާ ހަވާލުކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. ސަންގުޓީވީގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ އޭސީސީއާއެކު ހެދި އެގްރީމެންޓްގައި ބުނާގޮތުން 1 އަހަރު ދުވަހުގެ ތެރޭގައި އޭސީސީއަށް އެއީ ދައުލަތުގެ ފައިސާ ކަމަށް ނުނިންމިއްޖެ ކަމަށްވާނަމަ އެ ފައިސާ އޮޓަމެޓިކަލީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވާން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެ ފައިސާ އަދިވެސް ބޭންކުން ޖަމާކޮށް ނުދޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެސްކްރޯ އެކައުންޓުގައި ހުރި ފައިސާއަކީ ސިޔާސީ މަސައްކަތަށް ލިބިފައިވާ ފައިސާ ކަމަށާއި، އެ ފައިސާ އަދިވެސް ހުރީ އެސްކްރޯ އެކައުންޓުގައި ފްރީޒްކޮށްފައި ކަމަށެވެ.
"މިހާރު އެ މައްސަލާގައި އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސް ގޮވައިގެން ކޯޓަށް ދިއުމުގެ މަގުމަތީގައި މި އުޅެނީ." އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ވެސް ތަންފީޒު ކުރަށްވާފައިވާ ޔާމީން ވިދާޅުވި އެވެ.
ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެ މަނިކުފާނު ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެެ. އެހެން ނަމަވެސް ސްޕްރީމް ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށްފައެެވެ. ރައީސް ޔާމިންގެ މައްޗަށް ކުރި ހުކުމް ބާތިލްކޮށް ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ ފައިސާއަކީ ޔާމިންގެ އެކައުންޓަށް ކޮން ގޮތަކުން ޖަމާވެފައިވާ ފައިސާއެއްކަން ކަށަވަރު ނުވާކަމަށެވެ. އެހެންނަމަވެސް އެ ފައިސާއަކީ އެސް.އޯ.އެފުން ޖަމާވި ފައިސާކަން ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ. އަދި އެ 1 މިލިޔަން އެމެރިކާ ޑޮލަރުގެ ހަގީގަތް ބެލުމުގެ ފުރުސަތު ދައުލަތަށް އޮތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެެވެެ.
ރައީސް ޔާމިންގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލް ކުރި ނަމަވެސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރި މުއާމަލާތާއި ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއަކާއެކު ރިޝްވަތު ގަބޫލުކުރުމުގެ ދައުވާތަކުގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު