ޖަލުގައި ތިބި ގައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖްތަމައަށް ނެރެވުމަކީ އެޅުނު މުހިއްމު ފިޔަވަޅެއްކަމަށް ހޯމް މިނިސްްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްްޓަރ މިހެން ވިދާޅުވީ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ފުރިހަމަކުރި ޤައިދީން ސަރުތުތަކަކާއެކު އާއިލާއާ ހަވާލުކުރުމާއި ގުޅިގެންނެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަލުގެ ތެރޭގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ގައިދީން އަނބުރާ މުޖްތަމައަށް ގެނެވުމަކީ މަސްތުވާތަކެތީގެ ވަބާއިން މުޖްތަމައު ސަލާމަތްކުރުމުގެ މަގުގައި އެޅުނު އުސް ފިޔަވަޅެއްކަމަށެވެ.



ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމަކީ މާފުށި ޖަލުގައި ތިބި ގައިދީންނަށް ޚާއްސަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ނޭޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިއީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމާއި ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނައުމަށް އެ ފަރާތްތަކަށް ބޭނުންވާ ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ކަރެކްޝަނަލް ސަރވިސްއިން ބުނީ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ފުރިހަމަކުރި 32 ޤައިދީން ސަރުތުތަކަކާއެކު އާއިލާއާ ހަވާލުކޮށްފައިވާކަމަށެވެ. އަދި މިޕްރޮގްރާމްގެ ބައިވެރިން 1 އަހަރު ދުވަހުގެ މުއްދަތައް ޝަރުތުކުރެވި މޮނިޓަރ ކުރެވެމުންދާނެ ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

މި ޕްރޮގްރާމްގެ ބައިވެރިން އާއިލާއާ ހަވާލުކުރުމުގެ ކުރިން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ޕްރޮގްރާމްގެ ބައިވެރިންނާ ބައްދަލުކޮށް ހިތްވަރު ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު