ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި، އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޗެކު ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތަކަށް ލިމިޓެއް ކަނޑައެޅުމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
އެމްއެމްއޭއިން ބުނީ ބޭންކްތަކާ ގުޅިގެން ރާއްޖޭގައި ޗެކް ބޭނުންކުރާ މިންވަރު މަދުކުރުމާބެހޭ އެކްޝަން ޕްލޭނެއް މިއަހަރުގެ ތެރޭގައި އެކުލަވާލެވިފައިވާ ކަމަށެވެ. އަދި މި އެކްޝަން ޕްލޭންގެ ދަށުން އެންމެ ފުރަތަމަ ތަންފީޒުކުރާނެ ނިންމުމަކީ ރާއްޖޭގައި ޗެކު ބޭނުންކޮށްގެން މުއާމަލާތްކުރެވޭނެ އެންމެ މަތީ އަދަދަކީ ދިވެހި ރުފިޔާއިން ނަމަ 50،000 ރުފިޔާއިން ކަނޑައެޅުންކަމަށެވެ. އަދި ޔޫއެސް ޑޮލަރުން ނަމަ 3،000 އެވެ.
އެމްއެމްއޭއިން ބުނީ މީގެ ތެރޭގައި ވަކިވަކި ފަރުދުންނާއި، ހުރިހާ ވިޔަފާރިތަކުން ދިވެހިރާއްޖޭގައި ޗެކު ބޭނުންކޮށްގެން ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެކަމަށެވެ.
އެމްއެމްއޭއިން ބުނީ މި ނިންމުމަށް 1 އޭޕްރީލް 2023 ގައި އަމަލުކުރަން ފަށާނެކަމަށެވެ. އަދި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، މިކަމާ ގުޅިގެން ގެނެވޭ އެންމެހާ ބަދަލުތަކާގުޅޭ މައުލޫމާތު އެކަށީގެންވާ މުއްދަތެއްގެ ކުރިން ކަސްޓަމަރުންނާ ހިއްސާކުރުމަށްވެސް ބޭންކުތަކަށް އަންގާފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު