އަހުމަދު މަސްނޫމް   3 ސެޕްޓެމްބަރު 2022 - 1:1
ތަންތަނަށް އެއްވަން ބޭނުންވާނަމަ ހައްޖަށް ދާންވީ ނޫންހޭ ވިދާޅުނުވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް، އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، އަބުދު ﷲ ޔާމިން ޓީވީ ޕްރޮގްރާމެއްގައި އިތުރުފުޅު ހެއްދެވުމުން އެމަނިކުފާނު ހޫނުފެނަށް ވެއްޓިވަޑައިގެންފިއެވެ.

ސަންގު ޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ތަންތަނަށް އެއްވަން ބޭނުންވާނަމަ ހައްޖަށް ދާންވީ ނޫންހޭ ވިދާޅުނުވާ ކަމަށެވެ. އަދި އެކަހަލަ ވާހަކަފުޅެެއް ދެެއްކެވުނުކަން އެމަނިކުފާނުގެ ހަނދުމަފުޅުގައި ނެތް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. މިކަމާ ގުޅިގެން މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ރައީސް ޔާމީނަށް ފާޑުކިޔައި އެދުވަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ވިޑިއޯ ވެސް ހިއްސާކުރަމުންނެވެ.



"ނޫން ނޫން، އަޅުގަނޑަކަށް ރިކޯލެއް ނުކުރެވޭ ތިޔަކަހަލަ ވާހަކައެެއް، މުޒާހަރާ ކުރަންޏާ ހައްޖަށް ދާކަށް އަޅުގަނޑަށް، ރިކޯލެއް ނުކުރެވޭ. އެނގޭތޯ އެއްވާން ތަންތަން ހުރީ ކަނޑައަޅާފައި ނޫންތޯ؟" ރައީސް ކުރީން ދެއްކެވި އެވާހަކަފުޅު ޕްރޮގްރާމްގެ ޕްރެސެންޓަރ ހަނދުމަފުޅު ކޮށްދެއްވުމުން ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވި ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު އެމަނިކުފާނު ވަނީ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ތަންތަނަށް އެއްވާން ބޭނުންނަމަ ހައްޖަށް ދާންވީ ނޫންތޯ ރައީސް ޔާމިން ވިދާޅުވިއެވެ.

"އަބަދުވެސް މި ދައްކަނީ ތަންތަނަށް އެއް ނުވެވޭ ވާހަކަ. ބަލަ ތަންތަނަށް އެއްވާން ބޭނުމިއްޔާ ހައްޖަށް ދާންވީނު." ރައީސް ޔާމިން ކެމްޕޭން ރެލީގައި ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު