ވެރިކަން ލިބިވަޑައިގެންފިނަމަ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިނގިއިރު އެކަންކަން ތަހްގީގުކުރުމުގައި އިހްމާލުވި މުވައްސަސާތަކުގެ މައްސަލަ ތަހްގީގު ކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީއަށް މިރޭ ދެއްވި އިންޓަވިއު އެއްގައި ކުރީގެ ރައީސް، ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ ތެރޭގައި ކަންކަން ބަލަން މުވައްސަސާތައް އިހްމާލުވެފައިވާ ކަމަށެވެ. އެހެންކަމުން އިހްމާލުވެފައިވަނީ ކޮންމިންވަރަކަށްކަން އެނގޭނީ ތަހްގީގުކުރުމުން ކަމަށާއި އެމަނިކުފާނަށް ދެން ވެރިކަން ލިބިވަޑައިގެންފިނަމަ އެކަން ކުރައްވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
ބޮޑު ޚިޔާނާތުގެ މުގުލުގައި ހުންނެވިކަމަށް ބުނެ މިހާރުވެސް ޝަރީޢަތުގައި މައްސަލަތައް ހިނގަމުންދާ ޔާމިން ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތަކީ ބޭންކް ތެރެއިން ހިންގާފައި ހުރި މުއާމަލާތެއް ކަމަށެވެ. އަދި އެ މުއާމާލާތްތައް ހިންގާފައިވާ ގޮތް ބީއެމްއެލް އާއި އޭސީސީ ފަދަ މުއައްސަސާތަކުން ނުބެލީ ކީއްވެތޯ ރައީސް ޔާމިން ވަނީ ސުވާލު އުފައްދަވާފައެވެ.
"ކީއްވެތޯ ބޭންކް އޮފް މޯލްޑިވްސްއިން ޗެކްތައް ކްލިއާ ކުރަން އެމްއެމްއޭއަށް ދިޔައީމަ އެމްއެމްއޭއިން މިކަން ކޮށްފައި އޮތް ގޮތް ނުބެލީ. މިތަންތަނަށް ނޭނގެނީތޯ ދައުލަތުގެ ހުރިހާ ފައިސާއެއް ވަންނަންޖެހެނީ އެމްއެމްއޭގެ ރެވެނިއު އެކަންޓަކަށް ނޫނިއްޔާ ޓެކްސް ފައިސާއެއް ވެއްޖެއްޔާ މީރާއަށްކަން. މިކަންކަން ނޭނގެނީތޯ؟ މީރާއަށް ކީއްވެތޯ ނޭނގުނީ މިކަންކަން؟ އޭރު ހުންނެވި ފިނޭންސް މިނިސްޓަރަށް ކީއްވެތޯ ނޭނގުނީ މިކަންކަން؟ އެހެންވީމަ ދައުލަތުގެ އެތައް މުވައްސަސާތަކެއް އެބަތިބި މިކަން އިހުމާލުކޮށްފައި." ބޮޑު ޚިޔާނަތް ހިންގިއިރު ވެރިކަމުގައި ހުންނެވި ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނަށް މުހިންމީ ދައުލަތަށް ގެއްލުނު ފައިސާ ރިކަވަކުރުން ކަމަށެވެ. އެހެން ކަމުން ހިޔާނާތް ހިނގަމުންދިޔައިރު އިހްމާލުވި މުވައްސަސާތަކުގައި ތިބި މީހުންގެ މައްސަލަތައް ތަހްގީގުކުރައްވަން ބޭނުންފުޅުވާކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ އެހާ ބޮޑު ހިޔާނާތަކަށް ވެގެން ދިޔައީ މުވައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ނޭޅުމުން ކަން ފާހަގަކުރަށްވައި ރައީސް ޔާމިން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނަތް ހިނގަމުންދިޔަ ކަން ފުލުހުންގެ މުވައްސަސާއަށް އޮތީ އެނގިފައި ކަމަށެވެ. އެ މައުލޫމާތު ލިބުނު ހިސާބުން ފުލުހުން އެކަން ތަހުގީގު ނުކުރި ސަބަބާއި މެދު ރައީސް ޔާމިން ވަނީ ސުވާލު އުފައްދަވާފައެވެ.
ޔާމިން ވިދާޅުވީ ދައުލަތަށް ވަންނަން ޖެހޭ ފައިސާ މީރާއަށާއި ފިނޭންސްމިނިސްޓްރީއަށް ނުލިބޭކަން އޭރު އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަން އެއްވެސް ގޮތަކަށް އެއްވެސް މީހަކު އަންގާފައި ނެތް ކަމަށް ރައީސް ޔާމިން ވިދާޅުވިއެެވެ.
ރައީސް ޔާމިން މިހެން ވިދާޅުވި ނަމަވެސް އޭރުގެ އޮޑިޓަރ ޖެނެރަލް އެކަމާބެހޭ ގޮތުން ރައީސް ޔާމީނަށް މައުލޫމާތު އަރުވާފައިވާކަން ކުރީގެ ތަހުގީގުތަކުން ވެސް ވަނީ ހާމަވެފައެވެ.
އަދި މި ޚިޔާނާތުގެ ފައިސާ ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކޮށް ލޯންޑަރ ކުރި ކަމަށާއި ރިޝްވަތުގެ ގޮތުގައި ޔާމީނަށް މި ޚިޔާނާތުގެ ތެރެއިން ފައިސާ ލިބިވަޑައިގެންނެވި ކަމަށް ތުހުމަތުކުރާ މައްސަލައެއްގެ ޝަރީއަތް ވެސް މިހާރު އަންނަނީ ހިންގަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު