ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޓެންޝަން ސެންޓަރުން މިއަދު ފިލި ބިދޭސީ މީހާ ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން އިއުލާން ކޮށްފިއެވެ.

އިމިގްރޭޝަނުން އާންމު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި މައްސަލައާއި ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 26 އަހަރުގެ މުހައްމަދު މިތުން ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ، ފިލާފައިވަނީ މީގެކުރިން ރާއްޖޭގައި ވާކް ވިސާއާ ހިލާފަށް މަސައްކަތްކޮށް ވަކި މުއްދަތެއް ވަންދެން އެނބުރި ނާދެވޭ ގޮތަށް ފޮނުވާލާފައިވާ މީހެއް ކަމަށެވެ. އާންމު ވެފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި އޭނާ ފިލާފައިވަނީ ޑިޓެންޝަން ސެންޓަރުގެ ސީލިނގު ފަޅާލައިގެނެވެ.

ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޑިޓެންޝަން ސެންޓަރުގައި އޭނާ ހިފަހައްޓާފައިވަނީ ރާއްޖެއަށް އެތެރެވިޔަނުދީ އަނބުރާ ގައުމަށް ފޮނުވާލުމަށެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު