ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ފުރިހަމަކުރި 32 ޤައިދީން ސަރުތުތަކަކާއެކު އާއިލާއާ ހަވާލުކޮށްފިއެވެ.

ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމަކީ މާފުށި ޖަލުގައި ތިބި ގައިދީންނަށް ޚާއްސަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ނޭޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިއީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމާއި ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނައުމަށް އެ ފަރާތްތަކަށް ބޭނުންވާ ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށްފަހު މުޖުތަމައަށް ނިކުންނައިރު އެ ފަރާތްތަކުގެ ކުރިމަގު އުޖާލާވެގެން ދިޔުމެވެ.



ކަރެކްޝަނަލް ސަރވިސްއިން ބުނީ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ފުރިހަމަކުރި 32 ޤައިދީން ސަރުތުތަކަކާއެކު އާއިލާއާ ހަވާލުކޮށްފައިވާކަމަށެވެ. އަދި މިޕްރޮގްރާމްގެ ބައިވެރިން 1 އަހަރު ދުވަހުގެ މުއްދަތައް ޝަރުތުކުރެވި މޮނިޓަރ ކުރެވެމުންދާނެކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

މި ޕްރޮގްރާމްގެ ބައިވެރިން އާއިލާއާ ހަވާލުކުރުމުގެ ކުރިން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ޕްރޮގްރާމްގެ ބައިވެރިންނާ ބައްދަލުކޮށް ހިތްވަރު ދެއްވާފައެވެ.

ފެބްރުއަރީ މަހު ފެށިގެން އައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު 4 މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ ޑިޓޮކްސިފިކޭޝަން، ރިހެބިލިޓޭޝަން، ރިސްކް އެސެސްމަންޓް އަދި އާފްޓަރ ކެއަރ ސަރވިސްއެވެ.



ކިޔުންތެރިންގެ ހިޔާލު