ހއ. އިހަންވަންދޫ ގެއެއްގައި މިއަދު މެންދުރު އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެެ.
މިއަދު މެންދުރު 12:00 ޖަހަން އުޅެނިކޮށް އަލިފާން ރޯވެފައިވަނީ އިހަވަންދޫ ނަލަ އައްސޭރި ގޭގަ އެވެ. އެ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯވެ، ގޭގެ ބޮޑު ބަަޔަކަށް އަލިފާންގަނޑު ފެތުރި ގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހާދިސާގައި މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ރޯވި އަލިފާންގަނޑު އާންމުން ނިކުމެ ކޮންޓްރޯލްކޮށްފައިވަނީ މެންދުރު ފަހު 1:15 އެހާކަށްހާއިރު ކަަމަށް މައުލޫމާތު ލިބެއެވެ. ނަލަ އައްސޭރި ގޭގައި ރޯވެ އެގެއާ ޖެހިގެން ދެކުނަށް ހުންނަ ގެއަކަށް ވެސް އަލިފާނުގެ އަސަރު ވަނީ ކޮށްފައެވެެ.

ކިޔުންތެރިންގެ ހިޔާލު