މާލޭގައި އުޅޭނެ ގޮތް ދަސްކޮށްދިނުމަށް ރަށްރަށުން އަންނަ މީހުންނަށް ކޯސްތަކެއް ހިންގަންޖެހޭކަމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމް ވިދާޅުވެއްޖެއެވެ.
އާދިލް މިހެން ވިދާޅުވީ ހުޅުމާލޭގެ ހިޔާ ފްލެޓަކުން ވެއްޓެން އުޅުނު ކުއްޖަކު ސަލާމަތްކުރި ހާދިސާއަށް އިޝާރާތްކުރައްވައެވެ.
އާދިލް ވިދާޅުވީ އަލަށް އުސް އިމާރާތްތަކުގައި މީހުން އުޅެން ފަށާއިރު ކޮށްފައި ނުކުރާނެ ކަންކަން ބުނެދޭން އެބަޖެހޭކަމަށެވެ. އެގޮތުން ރަށްފުށުގެ ދިރިއުޅުމުން ސިޓީތަކަށް ބަދަލުވާ މީހުންނަށް ކޯސްތަކެއް ހިންގަންޖެހޭކަމަށް އާދިލް ވިދާޅުވިއެވެ.
އާދިލްގެ މި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑު ކިޔަމުންނެވެ.
ބައެއް މީހުން ބުނީ މިއީ އާދިލްގެ ފަރާތުން ފެނުނު ބޮޑާކަމާއި ކިބުރުވެރިކަމުގެ އަމަލެއްކަމަށެވެ. އަދި ބަޔަކަށް ހިތާމަައެއް ދިމާވުމުން އެކަމަށް ހަޖޫ ޖެހުން ބަލައިނުގަނެވޭނެކަމަށް ބައެއް މީހުން ބުންޏެވެ.
އާދިލްގެ ވާހަކަތަކަށް ރައްދު ދިން މީހުން ވަނީ އާދިލްގެ ހުށަހެޅުމާއި އެއްގޮތަށް ކޯސްތަކެއް ހިންގަން ގައުމީ ޔުނިވަސިޓީއަށް ގޮވާލާފައެވެ. އެގޮތުން މާލެ ބަދަލުވުމާއި ގުޅޭ ޑިޕްލޮމާ އަދި މާސްޓާސް ކޯސްތައް ތައާރަފްކުރަން ބައެއް މީހުން ވަނީ ގޮވާލާފައެވެ.
ރަށްރަށުގެ މީހުންނާއި މާލެ މީހުންގެ ބަހުސެއް ފެށިގެން މި އުޅެނީ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދޭން އިއުލާންކުރި ހިސާބުންނެވެ. މީގައި މައްސަލައަކަށް ވެގެން އުޅެނީ ހަމައެކަނި މާލެއަށް އުފަން މީހުންނަށް މާލެއިން ގޯތި ދިނުމަށް ނިންމުމާއި ގުޅިގެނެވެ.
ރާއްޖޭގެ އެހެން ރަށްރަށުން އެރަށްރަށުގެ ރައްޔިތުންނަށް ހިލޭ ގޯތި ދިންނަމަވެސް މާލޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ މާލެއަށް ހިޖުރަ ކޮށްގެން އުޅޭ އަތޮޅުތަކުގެ މީހުން ރުހޭ ކަމަކަށް ނުވާތީ މާލޭ މީހުންނާއި އަތޮޅު ތަކުގެ މީހުންގެ މެދުގައި މީސް މީޑިއާގައި އަންނަނީ ހޫނު ބަހުސް ތަކެއް ހިނގަމުންނެވެ.

Alah us imaaraiy thakuga ahuluveri kuruvaa iru koffa nu kuraane kan kan bunedheyn eba jehey.
— Adil Saleem 🎈 (@MadhilSaleem) September 1, 2022
Island life in city life Ah badhal vaa familiarization course thakeh hingan eba jehey.
Emmen ge salaamath ah. https://t.co/kiXlcz7IPt
އާދިލްގެ މި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑު ކިޔަމުންނެވެ.
Adil men kahala ungenigen thibey meehun mujuthamauge vaki bayakah nisbaiy koh ehchihi govumakee maaka reethi kameh noon.
— Pakapao (@pakapao9) September 1, 2022
Insaanaku hamayah hurejiyyaa vetteyne kan ingeyne, e’ee heyluntheri kuruvan jehey kameh noon. Ahannah fenna fenumuga Adil sikundi ragalheh noon.
ބައެއް މީހުން ބުނީ މިއީ އާދިލްގެ ފަރާތުން ފެނުނު ބޮޑާކަމާއި ކިބުރުވެރިކަމުގެ އަމަލެއްކަމަށެވެ. އަދި ބަޔަކަށް ހިތާމަައެއް ދިމާވުމުން އެކަމަށް ހަޖޫ ޖެހުން ބަލައިނުގަނެވޭނެކަމަށް ބައެއް މީހުން ބުންޏެވެ.
އާދިލްގެ ވާހަކަތަކަށް ރައްދު ދިން މީހުން ވަނީ އާދިލްގެ ހުށަހެޅުމާއި އެއްގޮތަށް ކޯސްތަކެއް ހިންގަން ގައުމީ ޔުނިވަސިޓީއަށް ގޮވާލާފައެވެ. އެގޮތުން މާލެ ބަދަލުވުމާއި ގުޅޭ ޑިޕްލޮމާ އަދި މާސްޓާސް ކޯސްތައް ތައާރަފްކުރަން ބައެއް މީހުން ވަނީ ގޮވާލާފައެވެ.
Gaunee university in thireegai mi dhannavaa course AVAHAH fashan jehey.
— Husham (@HushamMV) September 2, 2022
1. Diploma in moving from small Island to Male'.'
2. Masters in paying rent for life in city.
3. PhD in paying rent and income management in city life.
ރަށްރަށުގެ މީހުންނާއި މާލެ މީހުންގެ ބަހުސެއް ފެށިގެން މި އުޅެނީ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދޭން އިއުލާންކުރި ހިސާބުންނެވެ. މީގައި މައްސަލައަކަށް ވެގެން އުޅެނީ ހަމައެކަނި މާލެއަށް އުފަން މީހުންނަށް މާލެއިން ގޯތި ދިނުމަށް ނިންމުމާއި ގުޅިގެނެވެ.
ރާއްޖޭގެ އެހެން ރަށްރަށުން އެރަށްރަށުގެ ރައްޔިތުންނަށް ހިލޭ ގޯތި ދިންނަމަވެސް މާލޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ މާލެއަށް ހިޖުރަ ކޮށްގެން އުޅޭ އަތޮޅުތަކުގެ މީހުން ރުހޭ ކަމަކަށް ނުވާތީ މާލޭ މީހުންނާއި އަތޮޅު ތަކުގެ މީހުންގެ މެދުގައި މީސް މީޑިއާގައި އަންނަނީ ހޫނު ބަހުސް ތަކެއް ހިނގަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު