އަހުމަދު މަސްނޫމް   2 ސެޕްޓެމްބަރު 2022 - 13:15
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޓެންޝަން ސެންޓަރުގައި ހިފަހައްޓާފައި ހުރި ބިދޭސީއަކު ފިލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ އެ ތަނުން ފިލާފައި ވަނީ ސީލިން ފަޅާލައިގެނެވެ.

ފުލުހުން ބުނީ އެއާޕޯޓު ޑިޓެންޝަން ސެންޓަރު ފަޅާލާ ބިދޭސީއެއް ފިލިކަމުގެ ރިޕޯޓު މިއަދު ފަތިހު ލިބިފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.

އިމިގްރޭޝަނުން މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ނުބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފިލި މީހާއަކީ މީގެ ކުރިން ރާއްޖެއިން ޑީޕޯޓު ކޮށްލާފައިވާ ބިދޭސީއެކެވެ.

އެއަރޕޯޓް ޑިޓެންޝަން ސެންޓަރަކީ ރާއްޖެ އެތެރެވާން އަންނަ މީހުންގެ ތެރެއިން އެކި މައްސަލަތައް ކުރިމަތިވާ މީހުން ބައިތިއްބާ ތަނެކެވެ.



ކިޔުންތެރިންގެ ހިޔާލު