މާލޭގައި މިނީ ބަހުގެ ޚިދުމަތް އަންނަ ހޯމަ ދުވަހު ފަށާނެކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މާލޭގައި އަންނަ ހޯމަ ދުވަހު މިނީ ބަހުގެ ހިދުމަތް ފަށަން ތައްޔާރުވެފައިވާއިރު ފުރަތަމަ ދެ ހަފްތާގައި ކުރިއަށްދާނީ ޓެސްޓް ދަތުރުތަކެވެ. މި ދަތުރުތަކަށް އެއްވެސް ފީ އެއް ނުނަގާނެކަމަށް އެމްޓީސީސީން ބުނެއެވެ.
އަގު ނަގާއިރު މިނީ ބަހުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 7 ރުފިޔާއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެކުރިން ވިދާޅުވެފައިވަނީ މިނީ ބަހުގެ ހިދުމަތަށް ގެންނަ ބަސްތަކަކީ 20 އާއި 25 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށާއި މި ބަސްތަކުގެ ދަތުރުތައް ކޮންމެ 10 މިނެޓަކުން އޮންނާނެކަމަށެވެ.
އެމްޓިސީސީން މިހާރު ވަނީ ބަސްތައް ދުއްވާ ރޫޓްތައްވެސް ކަނޑައަޅާފައެވެ.
މިނީ ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. 18 ބަހުގެ ތެރެއިން 8 ބަހަކީ، ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ބަސްތަކެކެވެ. ބަހުގެ ޖާގައަކީ 20ނަމަވެސް، ކޮންމެ ބަހެއްގައި ކޮޅަށް ތިބެވޭގޮތަށް އިތުރަށް 10 ހޭންޑަލް ލާފަ ހުންނާނެއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިނީ ބަހުގެ ޚިދުމަތް ޚިދުމަތް ފެށުމަށް އެމްޓީސީސީގެ ޓީމް މިހާރު މިވަނީ ފުރިހަމައަށް ތައްޔާރުވެފައިކަމަށެވެ.
ބަސް ދަތުރުތަކުގައި ސްކޫލް ކުދިންނާ 65 އަހަރުން މަތީގެ މީހުން، 3 އަހަރުން ދަށުގެ ކުދިން އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރުކުރެވޭނެއެވެ.
ބަސް ދަތުރު މައިިގަނޑު 3 ރޫޓަކުން ބާއްވާނެއެވެ. އެއީ ސޯސަން ރޫޓް، އަމީނީ ރޫޓް އަދި އޯކިޑް ރޫޓްއެވެ. ސޯސަން ރޫޓްގައި 8 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ. އަމީނީ ރޫޓް އަދި އޯކިޑް ރޫޓްގައި 18 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ.
އެމްޓިސީސީން ބުނީ ބަސް ދަތުރު އޮންނާނީ ފަތިހު 5:45 އިން ފެށިގެން، ދަންވަރު 12:15އަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު