ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި ކަމަށް ގަބޫލު ނުކުރަށްވާ ކަމަށް ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ލީޑަރު ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ވީޓީވީ އިން ރޭ ގެެނެސްދިން ޕްރޮގުރާމެއްގައި ޚާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި ކަމަށް ބުނެ ބަޔަކު ވާހަކަ ދެއްކި ނަމަވެސް އެކަން އެމަނިކުފާނު ގަބޫލުފުޅު ނުކުރަށްވާ ކަމަށެވެ. އިންޑިޔާ ނުވަތަ އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ ކަަމަށާއި އެކަމަކީ ގަބޫލުފުޅު ކުރަށްވާނެ ކަމެެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"އިންޑިޔާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާކަން ދައްކަވާ، މިވެނި ތަނެއްގައި އެބަތިއްބޭ އިންޑިޔާ ސިފައިން، މިވެނި ކަމެއް އެބަކުރެޔޭ، އޭރުން އަޅުގަނޑު ދަންނަވާނަން، އިންޑިޔާ ނުވަތަ އެހެން ގައުމެއްގެ ސިފައިން ވެސް ރާއްޖޭގައި ތިބެގެން ނުވާނެ އެއީ އަޅުގަނޑު ދެކޭގޮތަކީ." ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާއި ގުޅިގެން ސުވާލު ދެންނެވުމުން މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެ އާއި އިންޑިޔާ އާއި ދެމެދު އޮންނަ ގުޅުމާއި ބެހޭގޮތުން ވާހަަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ދިވެހިރާއްޖެއިން ހުރިހާ ގައުމަކާއި މެދު ވެސް ރަނގަޅު ގުޅުމެއް ބާއްވަން ޖެހޭ ކަމަށާއި، އެމަނިކުފާނު ރައީސް ކަމުގައި ހުންނެވިއިރު އެކަން ކުރެއްވީ އެގޮތަށް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އިންޑިޔާ އަކީ ރާއްޖެ އާއި އަވައްޓެރި ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ގައުމު ކަމަށާއި އިންޑިޔާ އާއި ރާއްޖެ އާއި ދެމެދު ވަރަށް ގިނަ މުއާމަލާތްތައް ހިނގަމުންދާ ކަމަށެވެ. އެގޮތުން ބޭސް ފަރުވާ އަށާއި ތައުލީމު ހާސިލް ކުރުމުގެ އިތުރުން ވިޔަފާރީގެ ބޭނުންތަކުގައި ވަރަށް ގިނަ ދިވެހިން އިންޑިޔާއަށް ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއޮންނަ ގުޅުންތައް މި އޮތް ގޮތުން އިންޑިޔާ އާއި ދިވެހި ރާއްޖެ އާއި މެދު މި އޮންނަ ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމަކަށް ވާންޖެހޭ. ދެ ގައުމަށް ފައިދާ ހުރި ގުޅުމަކަށް ވެސް ވާންޖެހޭ. އެހެންވީމަ މި ގުޅުން ބަދަހިވަމުންދިޔުމަކީ މައްސަލަ އެއް ނޫން." ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށް ގަބޫލުފުޅު ނުކުރަށްވާކަމަށް ރައީސް މައުމޫނު ވިދާޅުވި ނަމަވެސް އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާބޯޓު ބެލެހެއްޓުމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އިންޑިއާ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި އެކި ކަހަލަ ތަމްރީނުތައް ހިންގުމަށް އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު