ބ. ދަރަވަންދޫއަކީ ޖަޒީރާ ތަރައްގީގެ ނަމޫނާއެއް ފެންނާނެ ރަށެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ދަރަވަންދޫ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެކު ބޭއްވެވި ބައްދަލުވުމަށްފަހު ރައީސް ސާލިޙު މިއަދު ވިދާޅުވީ ދަރަވަންދޫއަކީ ބ. އަތޮޅުގެ އިގުތިސާދަށް މުހިންމު ރަށެއް ކަމަށެވެ.
ދަރަވަންދޫ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އިއްޔެ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރަށްވާފައެވެ.
އިއްޔެގެ ބައްދަލު ކުރެއްވުމުގައި ދަރަވަންދޫގެ ބަނދަރާއި އެއަރޕޯޓާ ދެމެދުގައިވާ ސަރަޙައްދުގައި ރިވެޓްމެންޓް ނުޖެހި އޮތުމާއި، ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރުކުރަން ބޭނުންވުމާ، ޒަމާނީ މިސްކިތަކާއި ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމަށް ކައުންސިލުން ފާހަގަކުރިއެވެ.
މީގެ އިތުރުން ވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ފްލެޓް އަޅަން ބޭނުންވާކަމަށާއި ރަށުގެ މަގުތައް ފެންވަރު ރަނގަޅުކޮށް ހެދުމަށް ބޭނުންވާ ކަމަށް ކައުންސިލުގެ މެމްބަރުން ވިދާޅުވިއެވެ.
ރައީސް ސާލިޙު ވިދާޅުވީ އެކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި، ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެއްވުމަަށް ފަހު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ މަޝްރޫއުތައް ފާހަގަކުރައްވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ބ.ދަރަވަންދޫއަކީ ބ.އަތޮޅުގެ އިޤުތިޞާދަށް މުހިންމު ރަށެއް. ޖަޒީރާ ތަރައްޤީގެ ނަމޫނާއެއް ފެންނާނެ ރަށެއް. ރަށުކައުންސިލާ އ.ތ.މ ކޮމިޓީއާއެކު ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ލިބުނީތީ އުފާކުރަން. https://t.co/lrJIPZ9zMK
— Ibrahim Mohamed Solih (@ibusolih) September 2, 2022
އިއްޔެގެ ބައްދަލު ކުރެއްވުމުގައި ދަރަވަންދޫގެ ބަނދަރާއި އެއަރޕޯޓާ ދެމެދުގައިވާ ސަރަޙައްދުގައި ރިވެޓްމެންޓް ނުޖެހި އޮތުމާއި، ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރުކުރަން ބޭނުންވުމާ، ޒަމާނީ މިސްކިތަކާއި ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމަށް ކައުންސިލުން ފާހަގަކުރިއެވެ.
މީގެ އިތުރުން ވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ފްލެޓް އަޅަން ބޭނުންވާކަމަށާއި ރަށުގެ މަގުތައް ފެންވަރު ރަނގަޅުކޮށް ހެދުމަށް ބޭނުންވާ ކަމަށް ކައުންސިލުގެ މެމްބަރުން ވިދާޅުވިއެވެ.
ރައީސް ސާލިޙު ވިދާޅުވީ އެކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި، ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެއްވުމަަށް ފަހު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ މަޝްރޫއުތައް ފާހަގަކުރައްވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު