ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް "ކިއުއާރް ޓިކެޓިންގ" ގެ ހިދުމަތް ތައާރަފުކޮށް އެ ހިދުމަތް އިފްތިތާހު ކޮށްފިއެވެ.
މާދަމާއިން ފެށިގެން އާންމުކޮށް ބޭނުންކުރަން ހުޅުވާލާ މި ހިދުމަތް، މާލެ ސަރަހައްދާއި، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަމާއި ފޮނަދޫ އަދި ލ. އިސްދޫއާއި ކަލައިދޫގައި ފޯރުކޮށްދެމުން އަންނަ އާރްޓީއެލް ބަހުގެ ހިދުމަތް ހޯދުމުގައި ބޭނުން ކުރެވޭނެކަމަށް، އެމްޓީސީސީން ވަނީ ބުނެފައެވެ.
ވީޑިއޯ މެދުވެރިކޮށް މިއަދު މި ހިދުމަތް އިފްތިތާހު ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.
އަލަށް ތައާރަފު ކުރި ކިއުއާރް ޓިކެޓާއިއެކު ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިގޮތުން ކަސްޓަމަރުން ގޭގައި ތިބެގެންވެސް އާރްޓީއެލް ވެބްސައިޓް ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް ކިއުއާރް ޓިކެޓް ގަނެވޭނެއެވެ.
އެ ކުންފުނިން ބުނީ ކިއުއާރް ޓިކެޓިންގ ގެ ހިދުމަތް ފެށުނަސް، ބަސް ދަތުރު ކާޑު ގެންގުޅޭ ފަރާތްތަކަށް ދަތުރުކާޑު ބޭނުންކޮށްގެން އަދިވެސް ބަހުގައި ދަތުރުކުރެވޭނެ ކަމަށެވެ. އާރްޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭސްޓޯރއިން ހިލޭ ޑައުންލޯޑު ކުރެވޭނެއެވެ.
މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ދެމުން އެމްޓީސީސީން ބުނީ، ޓިކެޓް ނަގާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ޓިކެޓް ބޭނުން ކުރެވޭނެ ކަމަށެވެ. ބަހުގައި ދަތުރު ކުރުމަށް ޓިކެޓްގެ ކިއުއާރް ކޯޑް ބަހަށް އެރުމަށްފަހު ސްކޭން ކޮށްލަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު