ގދ. ތިނަދޫން ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނު އެރަށު ކަސްޓަޑުގެއާގޭ ހައްވާފާނު (ހައްވަހަންތަ) އަށް އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
ހައްވާފާނު (ހައްވަހަންތަ) ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް ފަޅު ގޯއްޗެއްގެ ތެރެއަށް ވެއްޓިފައި އޮއްވައެވެ. އޭނާ ވެއްޓިފައި އޮއްވާ ފެނުނުއިރު ނިއްކުރީގައި ކޮންމެވެސް ވަރެއްގެ ޒަޚަމެއް ފެންނަންހުއްޓެވެ. ޑޮކްޓަރުންނާއި ހަވާލާދީ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން އާއިލާއިން އިއްޔެ ބުނީ ޙައްވާފާނަށް ސްޓްރޯކެއް ޖެހިފައިވާ ކަމަށާއި ވެއްޓުނު ގަޑީގައި ބޯ ޖެހުމުގެ ސަބަބުން ބޮލުގެ ނާރެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ.
އަދި ފަރުވާ ނުދެވި ގިނަ އިރުތަކެއް ވުމުގެ ސަބަބުން ސިކުނޑިއަށް ލޭއެޅިފައިވާތީ ހާލު ސީރިއަސް ކަމުން އޭނާ އަށް ފަރުވާ ދެމުންދިޔައީ އައިސީޔޫގައެވެ. އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް އުމުރުން 80 އަހަރުގެ ހައްވަހަންތަ މީގެ އިރުކޮޅެއް ކުރިން ވަނީ ނިޔާވެފައެވެެ. ހައްވަހަންތަ ފެނިފައި ވަނީ ހޯދުމުގެ މަސައްކަތުގައި އުޅުނު، އާއިލީގޮތުން ވެސް އޭނާއާ ގާތް ބަޔަކަށް ކަމަށް މައުލޫމާތު ލިބެެެއެެވެ.
ހައްވަހަންތަ ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެ ހަވީރު ބޭރަށް ނުކުތުމަށްފަހު މަޣްރިބް ނަމާދު ވަގުތަށް ގެއަށް ނައުމުންނެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންނާއި އެ ރަށު ރައްޔިތުންގެ ގިނަ ބަޔަކު ވަނީ ހަރަކާތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު