އުމުރުން 65 އަހަރު ނުވިޔަސް، ފަނޑިޔާރުންނަށް ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔާ ކުރެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށައެޅުމަށް ސަރުކާރުން ނިންމައިފިއެވެެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވީ އާ އިސްލާހު ފާސްވިޔަސް، 65 އަހަރުން ދަށުގެ ފަނޑިޔާރުންނަށް ވަކި މުއްދަތެއްގެ ތެރޭގައި އަމިއްލައަށް ރިޓަޔާ ވެވޭނެ ގޮތަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ. އަދި ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް ލިވިން އެލަވަންސްގެ ގޮތުގައި އިތުރަށް ދިނުމަށް އެ ބިލުގައި ހިމަނާފައިވަނީ މިހާރު ލިބެމުންދާ އެއްވެސް އެއްޗެއް އުނި ނުވާނެ ގޮތަށް ކަމަށް ވެސް ރިފްއަތް ވިދާޅުވިއެެވެ.
ބަންޑާރަ ނައިބް ވިދާޅުވީ ފަނޑިޔާރުން ދިރިއުޅޭ ރަށުގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ނަމަ، އެތަނެއްގައި ހިންގާ ފްލެޓް ނުވަތަ ގޯތި ދޫކުރުމުގެ ސްކީމްތަކުގައި ބައިވެރިވެވޭނެ ގޮތަށް ވެސް އިސްލާހު ހުށަހަޅާނެ ކަމަށެެވެ.
ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން އަމިއްލައަށް އެދިގެން ރިޓަޔާ ކުރެވެނީ 55 އަހަރުވުމުންނެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުގައި ވަނީ ރިޓަޔާ ކުރެވޭ އުމުރު 65 އަހަރަށް މަތިކުރަން ހުށަހަޅައިފަ އެވެ.
ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރެކެެވެ.

ކިޔުންތެރިންގެ ހިޔާލު