ހުޅުމާލޭގެ ހިޔާ ފުލެޓަކުން ވެއްޓެން އުޅުނު މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހިޔާ ޚަބަރެއްގެ 13 ވަނަ ބުރީގެ ފްލެޓަކުން 18 އަހަރުގެ އަންހެނަކު ވެއްޓެން އުޅެނިކޮށް ސަލާމަތް ކޮށްފައިވާ ކަމަށެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ގޭގެ ބެލްކަނިން ބޭރަށް އޭނާ އެލިފައި އޮތްއިރު، ގޭގެ މީހަކު އޭނާގެ އަތުގައި ހިފަހައްޓައިގެން ހުންނަ މަންޒަރު ފެނެއެވެ.
އޭނާ ސަލާމަތް ކޮށްފައިވަނީ އެ ފްލެޓާ ދިމާ ތިރިން، 12 ވަނަ ފަންގިފިލާގެ ބެލްކަނިން ނުކުތް ދެ ފިރިހެނުންގެ އެހީތެރިކަމާއެކު ކުރި މަސައްކަތުންނެވެ. ފެންނަފެނުމަށް އޭނާއަށް ބޮޑު ގެއްލުމެއް ވެފައިވާކަމަކަށް ފާހަގައެއް ނުކުރެވެއެވެ.
ފުލުހުުން ބުނީ މިކަން ހިނގަން މެދުވެރިވި ސަބަބެއް ބަލަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު