މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގެ ތަރައްގީއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ދަރަވަންދޫ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
މިބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި، ރައީސް ޞާލިޙްގެ ސަރުކާރަކީ ރާއްޖޭގެ ތަރައްޤީގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ތަރައްޤީއާއި ރަށްތަކަށް ބޭނުންވާ ޚިދުމަތްތައް ދެއްވަމުންގެންދަވާ ސަރުކާރެކެވެ. އަދި، މިފަދަ އެތަކެއް ސަބަބުތަކަށްޓަކައި ރައީސް ޞާލިޙަކީ ރައްޔިތުންގެ ވެރިކަމެއް ކުރައްވާ ރައީސްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކައިގައި މިހާރުވެސް ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް އެކި މަރުޙަލާގައި ކުރިޔަށް ދިޔަކަމުގައިވިޔަސް ބައެއް ކަހަލަ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ދަރަވަންދޫގެ ބަނދަރާއި އެއަރޕޯޓާ ދެމެދުގައިވާ ސަރަޙައްދުގައި ރިވެޓްމެންޓް ނުޖެހި އޮތުމާއި، ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރުކުރަން ބޭނުންވުމާ، ޒަމާނީ މިސްކިތަކާއި ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ފްލެޓް އަޅަން ބޭނުންވާކަމަށާއި ރަށުގެ މަގުތައް ފެންވަރު ރަނގަޅުކޮށް ހެދުމަށް ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދަރަވަންދޫގެ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެއްވުމަަށް ފަހު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ މަޝްރޫޢުތައް ފާހަގަކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު