އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އެކުލަވައިލައްވައި، އެ ބޯޑަށް މެންބަރުން އައްޔަން ކުރައްވައިފިއެވެ.

ބޯޑުގެ މެންބަރުކަމުގެ މަގާމަށް ހަ ބޭފުޅަކު ރައީސް ވަނީ އައްޔަންކުރައްވާފައެވެ.

ބޯޑަށް ރައީސް އައްޔަން ކުރެއްވި ބޭފުޅުންނަކީ:-

1. މުޙައްމަދު ސާމިޢު (އެމްޓޭޝަންގެ، ރ.މަޑުއްވަރި)

2. ޑޮކްޓަރ ޙައްވާ ޢިނާޔާ ޢަބްދުއްރަޙީމް (އަލަމާގެ، ތ.ވިލުފުށި)

3. ފާތިމަތު ނަޝީދާ މުޙައްމަދު (މ.މުތާފުށި ، މާލެ)

4. ޢަލީ އިބްރާހީމް (ފައިވްސްޓަރ، ރ.ދުވާފަރު)

5. އާދަމް މާހިރު (މެޑޯޒް، ރ.އަލިފުށި)

6. މޫސާ ޢުމަރުމަނިކު (ޗަބޭލީގެ، ރ.ފައިނު)

މި ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ މުޙައްމަދު ސާމިޢުއެވެ.

ބޯޑު އުފެއްދެވުމާ ގުޅިގެން މިއަދުން ފެށިގެން ރ. އަތޮޅުގައިވާ ސަރުކާރުގެ 14 ޞިއްޙީ މަރުކަޒު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ދަށުން ބެލެހެއްޓުމަށް ވެސް ވަނީ ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު