ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުކަމަށް ޔޫސުފް ސިރާޖު އައްޔަން ކޮށްފިއެވެ.
މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ސިރާޖު ހުންނެވީ ވެމްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުގައެވެ.
މި މަގާމަށް ޔޫސުފް ސިރާޖު އައްޔަން ކޮށްފައިވާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ ހާމަކޮށްފައެވެ. ޔޫސުފު ސިރާޖު އެ މަގާމަށް ހަމަޖައްސަވާފައި މިވަނީ ވެމްކޯގެ އެމްޑީއަކަށް ކުރިން ހުންނެވި އާދަމް މުޙައްމަދު މި އަހަރުގެ މާޗު މަހުގެ 14 ވަނަ ދުވަހު އެ މަގާމުން ވަކިކޮށް ޕޯޓްސް ލިމިޓެޑްގެ އެމްޑީއަކަށް ހަމަޖެއްސިފަހުން އެ މަގާމު ހުސްވެފައި އޮންނަތާ ފަސް މަސް ފަހުންނެވެ.
ވެމްކޯގެ ޑެޕިއުޓީ އެމްޑީގެ މަގާމަށް ޔޫސުފް ސިރާޖު އައްޔަންކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. ހއ. ދިއްދުއަށް ނިސްބަތްވާ ޔޫސުފް ސިރާޖުވަނީ 2011 އިން 2014 އަށް ހއ. އަތޮޅުގެ އަތޮޅު ކައުންސިލަރުކަން ވެސް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު