އިބްރާހިމް ފަހީމް   1 ސެޕްޓެމްބަރު 2022 - 16:39
މާލޭގައި އަލަށް ފެށުމަށް ތައްޔާރުވެފައިވާ މިނީ ބަހުގެ ހިދުމަތުގެ ދަތުރަކަށް ނަގާނީ އެންމެ 7 ރުފިޔާކަން ސަރުކާރުން ހާމަ ކޮށްފިއެވެ.

މި މަޝްރޫއުގެ މައުލޫމާތު އާންމު ކުރަމުން ސަރުކާރުން ބުނެފައިވަނީ، ދަތުރުފަތުރުގެ ޒަމާނީ ނިޒާމަކުން ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން ފަށާފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ދަށުން މާލޭ ސަރަހައްދުގައި ފަށަން ހަމަޖެހިފައިވާ މިނީ ބަހުގެ ދަތުރުތަކަށް ބޮލަކަށް ނަގަން ހަމަޖެހިފައިވަނީ އެންމެ 7 ރުފިޔާ ކަމަށެވެ.



މީގެއިތުރުން 3 އަހަރުން ދަށުގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުނާއި ސްކޫލް ކުދިންނަށް (ޔުނީފޯމުގައި ކުރާ ދަތުރުތައް) ބަހުގައި ހިލޭ ދަތުރު ކުރެވޭނެކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ނަމަވެސް، ބަހުގެ ހިދުމަތް ފެށޭނެ ތާރީހެއް އަދި ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ. މި ޚިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީން މިހާރު ވަނީ ބަސް ދަތުރުކުރާނެ ރޫޓް ވެސް އިޢުލާން ކޮށްފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް މަޝްރޫއު ހިންގުމަށް ސަރުކާރުން ހަވާލު ކޮށްފައިވާ ކުންފުނި، އެމްޓީސީސީން ދަނީ މިކަމަށް ބޭނުންވާ ބަސްތައް ގެނެސް މާލެ ތެރޭގައި ޓެސްޓް ދަތުރުތައްވެސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު