މާލެ ހިތްފަސޭހަ ތަނަކަށް ހެދޭނީ ރަނގަޅު އާންމު ދަތުރުފަތުރު ނިޒާމެެއް ގާއިމްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވެއްޖެއެވެ.
ހަމްދާން މިހެން ވިދާޅުވީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިއްމައިފައިވާތީ އެކަމަށް އިޝާރަތްކުރަށްވަމުންނެވެ. އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސް ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވީ މާލޭ މަގުތަކުން ވެހިކަލް މަދުކޮށް ހިނގާ މީހުންނަށްވެސް ހިތްފަސޭހަ ތަނަކަށް ހެދޭނީ ރަނގަޅު އާންމު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރެވިގެން ކަމަށެވެ. އަދި ސަރުކާރުން ފަށާ މިނީ ބަހުގެ ޚިދުމަތަކީ އޭގެ ފެށުމެއް ކަމަށް ހަމްދާން ވިދާޅުވިއެވެ.
"އުއްމީދަކީ މި ޚިދުމަތާއެކު އަޅުގަނޑުމެން އެންމެން މަގު ބޭނުންކުރާއިރު މިނީ ބަހަށް އިސްކަންދީ ޖާގަދިނުން." ހަމްދާން ވިދާޅުވިއެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. އެމްޓީސީސީން ވަނީ އެކަމަށް ބޭނުންވާ 36 ބަސް މިހާރު ރާއްޖެ ގެނެސްފައެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެކުރިން ވިދާޅުވެފައިވަނީ މިނީ ބަހުގެ ހިދުމަތަށް ގެންނަ ބަސްތަކަކީ 20 އާއި 25 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށާއި މި ބަސްތަކުގެ ދަތުރުތައް ކޮންމެ 10 މިނެޓަކުން އޮންނާނެކަމަށެވެ.

މާލޭ މަގުތަކުން ވެހިކަލް މަދުކޮށް ހިނގާ މީހުންނަށްވެސް ހިތްފަސޭހަ ތަނަކަށް ހެދޭނީ ރަނގަޅު އާންމު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރެވިގެން. މިނީ ބަހުގެ ޚިދުމަތަކީ މީގެ ފެށުމެއް. އުއްމީދަކީ މި ޚިދުމަތާއެކު އަޅުގަނޑުމެން އެންމެން މަގު ބޭނުންކުރާއިރުމިނީ ބަހަށް އިސްކަންދީ ޖާގަދިނުން. https://t.co/iY5L3MeN58
— Hamdhan (@Ahmed_hamdhan) August 31, 2022
"އުއްމީދަކީ މި ޚިދުމަތާއެކު އަޅުގަނޑުމެން އެންމެން މަގު ބޭނުންކުރާއިރު މިނީ ބަހަށް އިސްކަންދީ ޖާގަދިނުން." ހަމްދާން ވިދާޅުވިއެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. އެމްޓީސީސީން ވަނީ އެކަމަށް ބޭނުންވާ 36 ބަސް މިހާރު ރާއްޖެ ގެނެސްފައެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެކުރިން ވިދާޅުވެފައިވަނީ މިނީ ބަހުގެ ހިދުމަތަށް ގެންނަ ބަސްތަކަކީ 20 އާއި 25 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށާއި މި ބަސްތަކުގެ ދަތުރުތައް ކޮންމެ 10 މިނެޓަކުން އޮންނާނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު