އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ފޮޓޯތަކެއް އާންމުކުރި މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ދެންމެ ބުނީ، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ފޮޓޯތަކެއް މީސްމީޑިއާގައި އާންމު ކޮށްފައިވާ މައްސަލައަކާ ގުޅިގެން 27 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

އިޖުތިމާއީ މިންގަނޑާ ހިލާފު ފޮޓޯތަކެއް އާންމު ކުރި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި މިވަނީ، ޓިކްޓޮކްގައި އަންހެން ހެނދުން އަޅައިގެން ވީޑިއޯ އާންމު ކުރަމުންދާ ޓިކްޓޮކް ނަމުންނަމަ ޔާޔާ ނަބީލްގެ އެފަދަ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު