އަލިފާން ނިންވަން ބޭނުން ކުރާ ފަޔަ ޓްރަކް ހަލާކުވެ، ހޯރަފުށި އެއަރޕޯޓުގެ ދަތުރުތައް ކުއްލިގޮތަކަށް ހުއްޓާލަން ޖެހިއްޖެއެވެ.

އައިލެންޑްއޭވިއޭޝަނުން ބުނީ، އެ ކުންފުނިން ހިންގާ މޯލްޑިވިއަން އެއާލައިނުން ހޯރަފުއްޓަށް ކުރަން މިއަދު ތާވަލުކުރި ދަތުރުގައި އެ އެއަރޕޯޓަށް ފަސިންޖަރުންނާއެކު ބޯޓު އުދުހެނިކޮށް، ފަޔާ ޓްރަކް ހަލާކުވެފައިވާކަން ކުއްލި ގޮތަކަށް އެނގުމުން އެ ދަތުރު ކެންސަލް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ބޯޓު ވަނީ އަނބުރާ މާލެ އައިސްފައި ކަމަށާއި ދެން ދަތުރުތައް ފެށޭނީ ފަޔަރ ޓްރަކްގެ މައްސަލަ ހައްލުވުމުން ކަމަށް އައިލެންޑްއޭވިއޭޝަނުން ވަނީ ބުނެފައެވެ. އަދި މިއަދު ކެންސަލްކުރި ކިއުޓޫ 470 ގައި ތިބި މީހުންގެ ދަތުރު މާދަމާއަށް ފަސްކޮށްފައިވާ ކަމަށް ވެސް މޯލްވިއަނުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.



ހޯރަފުށީ އެއަރޕޯޓުގެ ފަޔާ ޓްރަކް ހަލާކުވިއިރު، މީގެ ހަފުތާއެއް ކުރިން އެ ރަށުގައި ފަޔާ ފައިޓަރުން ތަމްރީނު ކުރާނެ ފަޔާ ސިމިއުލޭޓަރެއް ވަނީ ގާއިމު ކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގެ ސަރަހައްދީ އެއަރޕޯޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސެޓިފައި ކުރި އެއަރޕޯޓަކީ ހޯރަފުށީގެ އެއަރޕޯޓެވެ.



ކިޔުންތެރިންގެ ހިޔާލު