ގދ. ތިނަދޫގައި އުޅޭ އުމުރުން ދުވަސްވީ އަންހެނަކު ގެއްލިގެން ހޯދަން ފަށައިއެވެ.

އެ ރަށު ކައުންސިލުން ބައެއް މީޑިއާތަކަށް ބުނެފައިވަނީ، ގެއްލިގެން ހޯދަމުން ދަނީ އެ ރަށު ކަސްޓަޑް އާގޭ ހައްވާ ފާނު (ހައްވަހަން ދައްތަ) ކަމަށެވެ.

އުމުރުން 80 އަހަރުގެ އެ އަންހެން މީހާ އެންމެ ފަހުން ފެނިފައި ވަނީ މިއަދު މެންދުރު ފަހު 3:30 ހާއިރު ރަށުގެ ހިއްކި ސަރަހައްދު (މާފުށި ސަރަހައްދުން) ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

މި މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެ ރަށު ރައްޔިތުންގެ ގިނަ ބަޔަކު ގުޅިގެން އަންނަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު