ރާއްޖޭގެ ޝަރުއީ ދާއިރާ މިހާރު އޮތީ އޯވަހޯލް ކުރަންޖެހިފައި ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުގެ މައްޗަށް އެ ކުށް ސާބިތުވެ 7 މަހަށް ޖަލަށްލާން މިއަދު ހުކުމް ކުރުމާ ގުޅިގެން، އެފަދަ ކުށަކަށް އޭނާގެ މައްޗަށް ކޯޓުން ކަނޑައެޅި އަދަބާމެދު ނުރުހުންވެ ޒައިދު މިއަދު ވިދާޅުވީ، އިސްލާމު ދީނާއި ހިލާފަށް ހުކުމްތައް ކުރުމަކީ ވަރަށް ބޮޑު ފިސްގުގެ އަމަލެއް ކަމަށެވެ.
އެހެންކަމުން އެފަދަ ހުކުމް ކުރުން ފަދަ ކަންކަން އިސްލާހު ވެގެން ނޫނީ ރަނގަޅެއް ނެތް ކަމަށާއި ރާއްޖޭގެ ޝަރުއީ ދާއިރާ މިހާރު އޮތީ "އޯވަހޯލް" ކުރަންޖެހިފައި ކަމަށެވެ.
"އެއްޖިންސުން ގުޅުން ހިންގީމާ 7 މަހަށް ޖަލަށޭ؟! އިޒް ދިސް އަ ޖޯކް؟ ކީއްވެތޯ 7 ދުވަހަށް ޖަލަށްނުލީ؟! ޝަރުޢީ ދާއިރާ ޔަގީނުންވެސް މިވަނީ އޯވަހޯލް ކުރަންޖެހިފައި!" ޒައިދު ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ މައްސަލައިގެ އަޑުއެހުމަކީ އަލަމްގީރު އިއުތިރާފު ދަމަހައްޓާފައިވާތީ މި މައްސަލައިގެ ހުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ. މި އަޑުއެހުމުގައި ގާޒީ ޢަލީ އާދަމް ވަނީ، 7 މަހާއި 6 ދުވަހަށް އޭނާ ޖަލަށްލާން ހުކުމް ކުރައްވާފައެވެ. އަދި އޭނާއަށް ޝަރީއަތުން ވަނީ ތައުބާ ލައިދީފައެވެ.
ލިވާތު ފަދަ ކުށްތަކަކީ އިސްލާމް ދީނުގައި ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށްކުށަށް ވާއިރު އެފަދަ އަމަލެއް ހިންގި މީހަކަށް 7 މަހުގެ ޖަލު ހުކުމެއް އިއްވުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

އެއްޖިންސުން ގުޅުން ހިންގީމާ 7 މަހަށް ޖަލަށޭ؟! އިޒް ދިސް އަ ޖޯކް؟ ކީއްވެތޯ 7 ދުވަހަށް ޖަލަށްނުލީ؟!
— Ali Zaid (@alizaid1000) August 31, 2022
ޝަރުޢީ ދާއިރާ ޔަގީނުންވެސް މިވަނީ އޯވަހޯލް ކުރަންޖެހިފައި! އިސްލާމް ދީނާ ޚިލާފަށް ޙުކުމްތައް ކުރުމަކީ ވ ބޮޑު ފިސްގުގެ ޢަމަލެއް! މިކަންކަން އިޞްލާޙްވެގެން ނޫނީ ރަނގަޅެއް ނެތް!
"އެއްޖިންސުން ގުޅުން ހިންގީމާ 7 މަހަށް ޖަލަށޭ؟! އިޒް ދިސް އަ ޖޯކް؟ ކީއްވެތޯ 7 ދުވަހަށް ޖަލަށްނުލީ؟! ޝަރުޢީ ދާއިރާ ޔަގީނުންވެސް މިވަނީ އޯވަހޯލް ކުރަންޖެހިފައި!" ޒައިދު ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ މައްސަލައިގެ އަޑުއެހުމަކީ އަލަމްގީރު އިއުތިރާފު ދަމަހައްޓާފައިވާތީ މި މައްސަލައިގެ ހުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ. މި އަޑުއެހުމުގައި ގާޒީ ޢަލީ އާދަމް ވަނީ، 7 މަހާއި 6 ދުވަހަށް އޭނާ ޖަލަށްލާން ހުކުމް ކުރައްވާފައެވެ. އަދި އޭނާއަށް ޝަރީއަތުން ވަނީ ތައުބާ ލައިދީފައެވެ.
ލިވާތު ފަދަ ކުށްތަކަކީ އިސްލާމް ދީނުގައި ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށްކުށަށް ވާއިރު އެފަދަ އަމަލެއް ހިންގި މީހަކަށް 7 މަހުގެ ޖަލު ހުކުމެއް އިއްވުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު