ސަރުކާރުގެ ހިލޭ ޑިގްރީގެ ސްކީމުގެ ދަށުން މިހާރު 15،000 ދަރިވަރުން ކިޔަވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރަނގަޅު ތައުލީމެއް ލިބިފައި ތިބި ޒުވާން ޖީލެއް ބިނާކުރުންކަމަށާއި އަދި އެ ޒުވާނުން ގައުމު އާރާސްތުކޮށްދިނުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހިލޭ ޑިގްރީގެ ސްކީމުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ އަދަދު މިހާރު 15،000 އަށް އަރާފައިވާ ކަމަށެވެ.
ހިލޭ ޑިގްރީގެ ސްކީމުގައި ކިޔަވަމުންގެންދާ ދަރިވަރުންގެ އަދަދު މިހާތަނަށް 15،000ށް އަރާފައިވާއިރު، އޭގެތެރޭގައި 10،050 އަންހެން ދަރިވަރުންނާއި 4،950 ފިރިހެން ދަރިވަރުން ހިމެނޭ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ސަރުކާރުގެ ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން 5،163 ދަރިވަރުން މިހާރުވެސް ޑިގްރީ ފުރިހަމަކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 15،000އަށް އެރުމާގުޅިގެން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، ރައީސްގެ ރިޔާސީ ވައުދުފުޅުގެ ސަބަބުން ވަރަށް ގިނަ ދިވެހިންނަށް އާއިލާ ކައިރީ ރަށުގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިއްޖެކަމަށެވެ. އަދި މީގެ ސަބަބުން އިލްމީ ޖީލެއް ބިނާވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެއްޖެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް މިކަމުގެ ފައިދާ ކުރާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. ހިލޭ ޑިގްރީ ސްކީމަށް ސަރުކާރުން މިހާބޮޑު ހޭދައެއް ކުރަނީ ރާއްޖޭގެ ކުރިމަގު އުޖާލާވެ ގައުމު ބިނާކުރެވެނީ ފަންނީ ހުނަރުވެރި ޒުވާނުންތަކެއް އުފެއްދިގެން ކަމަށް ވާތީކަމަށް މިނިސްޓަރު ޑރ.ހަސަން ވިދާޅުވިއެވެެ.

Very pleased to know that as of today, 15,000 students have enrolled and are now studying under the Government’s Free First Degree Program.
— Ibrahim Mohamed Solih (@ibusolih) August 31, 2022
Our aim is to produce a generation of well rounded, highly educated young people who can contribute meaningfully to nation building.
ހިލޭ ޑިގްރީގެ ސްކީމުގައި ކިޔަވަމުންގެންދާ ދަރިވަރުންގެ އަދަދު މިހާތަނަށް 15،000ށް އަރާފައިވާއިރު، އޭގެތެރޭގައި 10،050 އަންހެން ދަރިވަރުންނާއި 4،950 ފިރިހެން ދަރިވަރުން ހިމެނޭ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ސަރުކާރުގެ ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން 5،163 ދަރިވަރުން މިހާރުވެސް ޑިގްރީ ފުރިހަމަކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 15،000އަށް އެރުމާގުޅިގެން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، ރައީސްގެ ރިޔާސީ ވައުދުފުޅުގެ ސަބަބުން ވަރަށް ގިނަ ދިވެހިންނަށް އާއިލާ ކައިރީ ރަށުގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިއްޖެކަމަށެވެ. އަދި މީގެ ސަބަބުން އިލްމީ ޖީލެއް ބިނާވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެއްޖެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް މިކަމުގެ ފައިދާ ކުރާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. ހިލޭ ޑިގްރީ ސްކީމަށް ސަރުކާރުން މިހާބޮޑު ހޭދައެއް ކުރަނީ ރާއްޖޭގެ ކުރިމަގު އުޖާލާވެ ގައުމު ބިނާކުރެވެނީ ފަންނީ ހުނަރުވެރި ޒުވާނުންތަކެއް އުފެއްދިގެން ކަމަށް ވާތީކަމަށް މިނިސްޓަރު ޑރ.ހަސަން ވިދާޅުވިއެވެެ.
ކިޔުންތެރިންގެ ހިޔާލު