ފަރަށް އަރައި މިއަދު އަޑިއަށްދިޔަ ނ. ލަންދޫ ބޯޓުގެ ބައެއް ތަކެތި އޮޔާދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ.
ފުލުހުން މިއަދު ވަނީ ގާފަރު ފަރުގެ އުތުރުން ދަތުރުކުރަމުން ދިޔަ އެ ބޯޓު އަޑިއަށް ގޮސް ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރު ކުރުމުގައި ސަމާލުވުމަށް އެދިފަވެ.
ބޯޓު އަޑިއަށް ދިޔައިރު ބޯޓުގައި ހުރި ގޭސްފުޅިތަކާއި ލަކުޑިފަދަ ތަކެތި ގިނަ އަދަދަކަށް ކަނޑަށް އެޅި ވަނީ އޮޔާދާން ފަށާފައެވެ.
މިއަދު އަޑިއަށްދިޔަ ލަންދޫ ބޯޓުން 30 މީހަކު ދަތުރު ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ދެ ބިދޭސީންގެ އިތުރުން ދިވެހި ފިރިހެނުންނެވެ. އެ އެންމެން ވެސް ރައްކާތެރިކަމާއެކު ގާފަރަށް ވަނީ ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު