މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެގޮތުން ބާއްވާ ބައްދަލުވުން އަންނަ ސެޕްޓެންބަރުމަހުގެ 5 ވާ ހޯމަ ދުވަހަށް ފަސްކޮށްފިއެވެ.

މި ބައްދަލުވުން ބާއްވަވާގޮތަށް ކުރިން ހަމަޖެއްސެވީ ސެޕްޓެންބަރުމަހުގެ 1 ވާ ބުރާސްފަތި ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުން ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަމަހުގެ 5 ވަނަ ދުުވަހުގެ މެންދުރުފަހު 2:00ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި، އޮންލައިންކޮށްވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވައިލާފައެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ނަން ނޯޓު ކުރެއްވުމަށްޓަކައި "ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު" ޖެއްސެވުމަށްފަހު 7960844 ނަންބަރު ފޯނަށް މެސެޖްކުރެއްވުމަށް ރައީސް އޮފީހުން އެދެ އެވެ.

ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެންބަރު މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.



ކިޔުންތެރިންގެ ހިޔާލު