ޖުމުހޫރީ ޕާޓީގެ އަމާޒަކީ އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ޕާޓީގެ ގޮތްޕެއް ކޮންމެ ރަށެއްގައި ގާއިމްކުރުން ކަމަށް އެޕާޓީން ބުނެފިއެެވެ.
ޖުމުހޫރީ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ކައުންސިލް މެމްބަރު އަދި ސްޓެއަރިންގ ކޮމެޓީގެ ޗެއަރ މުހައްމަދު އަޒްލީން ވިދާޅުވީ އަމާޒަކީ ކޮންގުރެސްގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕާޓީގެ ގޮތްޕެއް އުފެއްދުން ކަމަށެވެ. އަދި ކޮންގެރެސްގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިދާރީ ދާއިރާ ހިމެނޭ ގޮތުން ކޮންމެ ދާއިރާއަކަށް އެދާއިރާއެއްގެ ރައީސަކާއި ނައިބު ރައީސެއް އިންތިޚާބު ކުރުމަށް ނިންމާފައިވާ ކަމަށް އަޒްލީން ވިދާޅުވިއެވެ.
އަޒްލީން ވިދާޅުވީ ރަށަކުން 1 ގޮތްޕަށް ވުރެ ގިނަ ގޮފިވެސް އެކުލަވާލެވި ދާނެ ކަމަށެވެ. އަދި ކޮންމެ ގޮތްޕެއްގައި މަދުވެގެން 10 މެމްބަރުން ތިބެން ޖެހޭނެ ކަމަށް އަޒްލީން ވިދާޅުވިއެވެ. އެގޮތަށް ނިންމީ ގިނަ މެމްބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އަޒްލީން ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަޅުގަނޑުމެންގެ ޕާޓީގެ ރައުސުލްމާލް ކަމަށްވާ ޕާޓީގެ އެންމެހައި ލޮބުވެތި މެމްބަރުންގެ ފުރިހަމަ ތާއިދާ އެއްބާރުލުމާއެކު އަދި ޕާޓީގެ މަސައްކަތާއި ޕާޓީގެ ތެރެއިން ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަންނަވަން ތިބި ބޭފުޅުންނަށް ހުޅުވިފައިވާ ފުރުސަތުގެ ބޭނުން ހިފައިގެން ޖުމުހޫރީ ވިސްނުމާއި ގުޅިވަޑައިގެން މަސައްކަތް ކުރަން ތިބި ބޭފުޅުންނަށް މި ފުރުސަތު އޮތް ވާހަކަ ދަންނަވާލަން،" ކުރީގެ ހޯމް މިނިސްޓަރު ކަން ވެސް ކުރެއްވި އަޒްލީން ވިދާޅުވިއެވެ.
ޖުމުހޫރީ ޕާޓީގެ ކޮންގުރެސް ބޭއްވުމަށް 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޓްރިއަރިން ކޮމެޓީއެއް ވަނީ އުފައްދާފައެވެ. އެޕާޓީގެ ކޮންގުރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ލީޑަރުކަން ކުރަށްވާ ޖުމުހޫރީ ޕާޓީއަކީ ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޮޑު ސިޔާސީ ޕާޓީއެެެވެ.

ކިޔުންތެރިންގެ ހިޔާލު