ދ. ކުޑަހުވަދޫގައި ފެނަކައިގެ ފަރާތުން ދެމުންގެންދާ ކަރަންޓްގެ ހިދުމަތް ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 1،200 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް ބަހައްޓައިފިއެވެ.
އެ ކުންފުނީގެ ފަރާތުން މިހާރު ވަނީ އާ ޖަނަރޭޓަރު ސެޓާ އެކު ސިންކްރޮނައިޒިން ޕެނަލެއް ވެސް ފޮނުވާ އިންސްޓޯލްކޮށްފައެވެ.
މީގެ އިތުރުން ކުޑަހުވަދޫގެ ބައެއް ހިސާބުތަކަށް ދަށްކޮށް ކަރަންޓް ލިބޭ މައްސަލަ ހައްލުކުރުމަށް އެލްވީ އަދި އެޗްވީ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާފައެވެ.
ކުޑަހުވަދޫގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ ގޮތުން 3،407 މީޓަރުގެ ކޭބަލް ވަޅުލާފައިވެއެވެ. އަދި ހަތަރު ޓްރާންސްފޯމަރާއި ފަސް ރިންގް މެއިން ޔުނިޓް ބަހައްޓާފައިވެއެވެ. މީގެއިތުރުން 25 ޑިސްޓްރިބިއުޝަން ފޮށި ބަދަލުކޮށް ގިނަ މަސައްކަތްތަކެއް ކަރަންޓްގެ ވިއުގަ ރަނގަޅު ކުރުމަށް ކުރެވިފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު