ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމެޓީ (ސީއޭޕީއޭސީ) ގެ އެގްޒެކެޓިވް ކޮމެޓީގެ ޗެއާ އަކަށް ކިނބިދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒް އައްޔަންކުރަށްވައިފި އެވެ.

ނާޝިޒު އެ މަގާމަށް އިންތިހާބު ކުރީ މިއަދު ބޭއްވި ސީއޭޕީއޭސީގެ އާންމު ޖަލްސާގަ އެވެ. ނާޝިޒު މީގެކުރިން ވަނީ އެ ކޮމިޓީގެ ވައިސް ޗެއާކަން ވެސް އަދާކުރަށްވާފައެވެ.

ސީއޭޕީއޭސީ އަކީ 2015 ވަނަ އަހަރު ކޮމަންވެލްތު ގައުމުތަކުގެ ޕާލިމެންޓް މެމްބަރުން އެގައުމެއްގެ ދައުލަތުގެ މާލީ ކަންކަމުގައި މިނިވަންކަމާއެކު ނިންމުންތައް ނިިންމުމަށް ހިތްވަރު ދިނުމަށް އުފެދިގެން އައި ކޮމިޓީއެކެވެ. އަދި އެ ކޮމެޓީއަކީ މާލީ ގޮތުން ސަރުކާރުތައް ޒިންމާދާރު ކުރުމުގައި ފުރިހަމަ ގޮތްތަކެއް ނިންމަން ބާރު އަޅާ ކޮމެޓީއެެކެެވެ.

ފާއިތުވި އަށް އަހަރުތެރޭ ސީއޭޕީއޭސީގައި 52 ގައުމަކުން ވަނީ ބައިވެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު