ތާރުއަޅައިގެން މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތުގައި އެއްބާރުލުން ދޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ 16 މަގެއް ހެދުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވަނިކޮށް އަމީނީ މަގު ހެދުން ވަކި މަޝްރޫއެއްގެ ގޮތުގައި އާރްޑީސީއާ ހަވާލުކުރުމުން އެ ކުންފުނިން މިއަދު އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ވަނީ ފަށާފައެވެ. އެ ރަސްމިއްޔާތުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ބައިވެރިވެވަޑައިގެންނެވިއެވެ.
މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު މިއަދު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލްގައި މިވަގުތު ތިއްބެވި ބޭފުޅުންނަކީ ތަރައްގީއަށް ތާއީދުކުރާ އަދި ތަރައްގީގެ ފިކުރުގެ ބޭފުޅުން ކަމަށެވެ. އަމީނީ މަގު ހަދާ ގޮތާ މެދު ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް އަދި އެންމެ ބޭނުންވާ ގޮތަށް އެމަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް މާލޭގެ ރައްޔިތުންނަށް އަދި މާލެ ސިޓީގެ ތަރައްގީއަށް ކަންތައްތަކެއް ކުރެވޭނަމަ އެކަމުގައި މާލެ ސިޓީ ކައުންސިލުން އެކަމެއްގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"މާލޭގެ ރައްޔިތުންނަށް ތަރައްގީގެ ފޮނިމީރުކަން ހޯދައިދިނުމުގައި އަމީނީ މަގު ހެދުމުގެ މަސައްކަތުގައި ކައުންސިލަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް އަޅުގަނޑުމެން ދޭނަން. އެހެންވީމާ އެގޮތުން އަޅުގަނޑުމެންގެ ފަރާތުން ހުރިހާ ކަމެއްގައި ބައިވެރިވުން ލިބިގެންދާނެ." އިދިކޮޅު ޕީޕިއެމްގެ ޓިކެޓްގައި މޭޔަރު ކަމަށް އިންތިޚާބުވި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، އަމީނީމަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ ޕްލޭނިން މިނިސްޓްރީން ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށްގެންދާ މާލެ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ބޭރުން ކަމަށެވެ. އެކަމުގައި މައުލޫމާތުގެ އޮޅުންތަކެއް އެރުމުން ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ބަހުސްތަކެއް ކުރިޔަށް ދިޔަޔަސް މިހާރު އެންމެން ވެސް އެކަތިގަނޑަކަށްވެ އެއް އަމާޒެއްގައި މަސައްކަތް ކުރަމުންދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަމީނީމަގު ހެދުމުގެ މި މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ނިންމާފައެވެ. އަދި އެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމުގެ އިތުރުން އެ މަގުގައި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އަމީނީ މަގު ހެދުން ވަކި މަޝްރޫއެއްގެ ގޮތުގައި އާރްޑީސީއާ ހަވާލުކުރުމުން ސިޓީ ކައުންސިލާއި އާރްޑީސީއާ ދެމެދު މީގެ ކުރިން ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައެވެ. އެގޮތުން އަމީނީ މަގު ހެދުމުގެ މަޝްރޫއު 39 މިލިއަން ރުފިޔާއިން ކުރިން ނިންމަން ކަނޑައަޅާފައި އޮއްވާ އެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށް ކަމަށް ވިދާޅުވެ ކޮރަޕްޝަންގެ ތުހުމަތުވެސް މުއިއްޒު ކުރަށްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު