މާލޭގެ އެންމެ ކާރޫބާރުބޮޑު އެއްމަގު ކަމަށްވާ އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް މިއަދު މި ފަށަނީ ފެންފޮދެއް ހަމަ ވެހިލާއިރަށް ރައްޔިތުން ކަނޑުވިޔަ ނުދިނުމަށް ކަމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ޢަލީމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ، އަމީނީމަގު ހަލާކުވެފައިވުމުން ފެންބޮޑުވާ މައްސަލައަކީ، މާލޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ކުރިމަތިވެފައިވާ ބޮޑު ތަކްލީފެއް ކަމަށެވެ.
އެހެންކަމުން، އަދުގެ ސަރުކާރުން އާރުޑީސީއާ ހަވާލުކުރި މި މުހިންމު މަޝްރޫއު މިއަދު މި ފަށަނީ ބޮޑެތި ގޮންޖެހުންތަކާއި ނުތަނަވަސް ޝަކުވާތަކަށް ނިމުމެއް ގެނެސްދިނުމަށް ކަމަށް މޫކޭ ވިދާޅުވިއެވެ.
"އަސާސީ ހިދުމަތްދޭ ފަރާތްތަކުން މަގު ކޮނެކޮނެ ވަރުބަލިވެއްޖެ. ހޭދަކޮށްކޮށް ހައްލެއް ނުލިބުނު. ކޮންނަން ފަށާއިރު އަޑި އޮތްގޮތެއް އެނގޭ ހަމަ އެކަކުވެސް މި ދުނިޔެއަކު ނުހުރޭ." އަމީނީމަގުގެ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވިއެވެ.
މިއަދު ފެށި މި މަސައްކަތުގެ ތެރެއިން އަމީނީ މަގުގައި މުޅިން އާ ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ގާއިމު ކުރެވިގެން ދާނެކަމަށާއި ޕަމްޕް ސްޓޭޝަންތަކާއެކު ޒަމާނީ ފެންވަރަށް މަގު ޑިޒައިން ކުރެވިގެން ދާނެކަމަށް މީގެ ކުރިން އާރުޑީސީންވަނީ ބުނެފައެވެ.
އަދި އެ ޕްރޮޖެކްޓްގެ ތެރެއިން، ގޭގެ އިމާރާތް ކުރުމުގެ ތެރޭގައި ބޭރުކުރާ ފެން ބޭރު ކުރުމަށްޓަކައި ހާއްސަކޮށްގެން ޑީވޯޓަރިން ނެޓްވޯކެއް ވެސް އަޅާނެ ކަމަށާއި މަގުގެ މަސައްކަތް ނިމިގެން ދާއިރު ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރެވިގެން ދާނެކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ސްޓޭކްހޯލްޑަރުންނަށް ހާއްސަ ކޮށްގެން މަގުގެ ދެފަޅީގައި ކޭބަލް ޓްރޭ އެޅުމަށާއި އެޗްވީ ކޭބަލަށް ހާއްސަ ކޮށްގެންވެސް ޖަންކްޝަންތައް ބެހެއްޓުމަށާއި މަގުގެ މަސައްކަތް ނިމޭއިރު ބަސް ހުއްޓިތަކާއި ޕާކިން ޒޯންތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ރޭމްޕްތައް ހެދުމަށް ވެސް ޕްލޭނިން މިނިސްޓްރީން އާރްޑީސީއާއި ވަނީ ހަވާލު ކޮށްފައެވެ.
މި މަޝްރޫއު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒުގެ އިތުރުން ޕްލޭނިންގ މިނިސްޓްރީގެ އިސްބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު