އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަނޫ މުހާވަރު، ބަންޑާރަނައިބު އިބްރާހީމް ރިއްފަތާއި ބައްދަލު ކުރައްވައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން މިއަދު ބުނީ، އެ އޮފީހުގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ، އަދުލު އިންސާފުގެ ދާއިރާއަށް ގެނެވޭ އިސްލާހުތަކާއި ގުޅޭގޮތުން ކަމަށެވެ.
މީގެ އިތުރުން، އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަމްރީނުދީ ކެޕޭސިޓީ އިތުރު ކުރުމުގައި ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ބަންޑާރަނައިބު ރިއްފަތު ވަނީ އަދުލު އިންސާފުގެ ދާއިރާގެ ތެރޭގައި ފަންނީ ގާބިލްކަން އިތުރުކުރުމަށް އިންޑިއާއިން ދޭ އެއްބާރުލުމަށް ހައިކޮމިޝަނަރަށް ޝުކުރު އަދާކުރައްވާފައެވެ.
އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ ގާތް ގުޅުމުގެ ތެރެއިން އެ ގައުމުން މިހާރު ވެސް ދަނީ ޝަރުއީ ދާއިރާގެ މީހުން ތަމްރީން ކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު