މި މަހު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ކޮންގްރެސްއިން ވެސް ޔޫތު މިނިސްޓްރީއަށް ފަސް ލައްކަ ރުފިޔާ ލިބުނު ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓްރީގެ ބަޖެޓު ހުސްވެގެން އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ތަންތަން ކުއްޔަށް ދޫކުރަން ފަށާފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ހަބަރަކާ ގުޅިގެން އެއަށް ރައްދު ދެއްވައި މަހުލޫފު މިއަދު ވިދާޅުވީ، ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ޔޫތު މިނިސްޓްރީއަށް ކަނޑައެޅި ބަޖެޓުން އަހަރު ނިމުނުއިރު 200 މިލިއަން ރުފިޔާ ބާކީވުމުން، އޭގެފަހުން އެ މިނިސްޓްރީގެ ބަޖެޓު ވަނީ ކުޑަކޮށްފައި ކަމަށެވެ.
ނަމަވެސް މިނިސްޓްރީ އޮތީ ފަތު އަޑުކިޔާފައި މަސައްކަތުގައި ކަމަށާ، މިނިސްޓްރީގެ މަސައްކަތްތަކަށް ބޭނުންވާ ބަޖެޓު ހުސްވުމުން، އިތުރަށް ބޭނުންވާ ފައިސާ ލިބިފައިވާ ކަމަށް ވެސް މަޚްލޫފު ވިދާޅުވިއެވެ.
މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ތަންތަން ކުއްޔަށް ދޭކަމަށް ބުނާ ވާހަކައާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ސޯޝަލް ސެންޓަރު ކުއްޔަށް ދިނުމުން ކުލީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ މިނިސްޓްރީއަށް ލިބުނު ކަމަށެވެ. އަދި އެއީ ގޯހެއްތޯ މިނިސްޓަރު ވަނީ ސުވާލު ކުރަށްވާފައެވެ.
ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ތަންތަން، ބައެއްކަހަލަ ބޭނުންތަކަށް ކުއްޔަށް ދޫކުރުމަކީ އާންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު