އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތު ކުރެވިފައިވާ، ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ކުރީގެ މުޝީރު ރ. މީދޫ ހަކީމީގެ އިބްރާހީމް ރާފިއު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުހުން މިއަދު ބުނީ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައިނުވާތީއާއި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ރާފިއު ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާކަމަށެވެ.
އެގޮތުން 11 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވުމަށް އޭނާއަށް ފުލުހުންވަނީ އަންގާފައެވެ.
އެހެންކަމުން، އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅާ އެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
ރާފިއު ހޯދަން އިއުލާނު ކޮށްފައިވާއިރު، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއިއެކު އޭނާ އެއްޖިންސުން ގުޅުން ހިންގާކަމަށް ބުނާ ވީޑިއޯއެއްވެސް ވަނީ ލީކުވެފައެވެ. އަދި ވީޑިއޯ ލީކުވުމާއިއެކު އޭނާ ރާއްޖޭން ބޭރަށް ފުރާފައިވާ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. އޭނާއަށް ކުރެވުނު ތުހުމަތާއެކު ކުރިން ހުރި މަގާމުން އޭނާވަނީ ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު