ޗައިނާ ސަރުކާރުން ދިން އެހީއާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ބިނާކުރި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢެވެ.
މާލޭ ލޮނުޒިޔާރާތްކޮޅު ސަރަޙައްދުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ކަނޑުހުރަސްކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިނާކުރި ބްރިޖު ރަސްމީކޮށް ހުޅުވައިދެއްވީ 2018 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 30 ވަނަ ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ވޭންގ ޝިއާޓޯއެވެ.
ސިނަމާލޭ ބްރިޖަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެންމެ މުހިއްމު އެއް ވަޢުދެވެ. ބްރިޖު އެޅުމުގެ ރަސްމީ މަސައްކަތްތައް ފެށީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އަދި 2018 ވަނަ އަހަރުގެ އޮަގަސްޓްމަހަށް ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލިއެވެ.
ދިގުމިނުގައި 2 ކިލޯމީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުންނަ މި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު، ބްރިޖު ހުޅުވާފައި ވަނީ މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޙަށްވުރެ، 25 ދުވަސް ކުރިންނެވެ.
ބްރިޖަށް 4 އަހަރު ފުރުމާއި ގުޅިގެން ދެއްވި މެސެޖެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޖިން ވިދާޅުވީ ސިނަމާލެ ބުރިޖަކީ ދެގައުމުގެ އެކުވެރިކަމުގެ ރަމްޒެއް ކަމަށެވެ. އަދި ބުރިޖުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އޭގެ ފައިދާކުރާކަމަށާއި އާއްމުންނަށް ބްރިޖު ހުޅުވާލި ފަހުން މިއަދާ ހިސާބަށް 100 މިލިއަން ދަތުރުކޮށްފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
"ބުރިޖަކީ ރާއްޖޭގެ ރައްޔިތުންގެ ދަތުރުތަކަށް ވެސް ގެނުވި ފަސޭހަކަމެއް އަދި މިއީ ދެ ގައުމުގެ އެކުވެރިކަމުގެ މުހިއްމު ރަމްޒެއް." ސަފީރު ވިދާޅުވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި ވަނީ ޗައިނާއާއި ރާއްޖޭގެ ގުޅުމަށް 50 އަހަރުވާން ކައިރިވެފައިވާކަން ފާހަގަަކުރައްވާ އިތުރަށް ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމަށް ގޮވާލައްވާފައެވެ.
މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ބްރިޖަކީ 1.39 ކިލޯމީޓަރ ދިގު 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖް ޑިޒައިންކޮށްފައިވަނީ ހަތަރު ލޭނަކަށް ބަހާލައިގެންނެވެ. އެގޮތުން ކާރާއި ޕިކަޕުފަދަ ހަތަރު ފުރޮޅުލީ އުޅަނދުތައް ދުއްވުމަށް 2 ލޭން ޚާއްސަކޮށްފައިވާއިރު، ސައިކަލު ދުއްވާ މީހުންނަށްވެސް ބައެއް ޚާއްސަކޮށްފައިވެއެވެ.
ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ޚަރަދުވިއެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ގޮތުގައި ހަދިޔާކޮށްފައިވާ ފައިސާއެވެ. އަދި މިމަޝްރޫއަށް ޗައިނާ އިން 170 މިލިއަން ޑޮލަރު ދިނީ ލޯނު އެހީގެ ގޮތުގައެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރިއެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް 4 އަހަރު ވެފައިވާއިރު މިއަދު އެ ބްރިޖަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ހިއްސާއެއް އަދާކުރާ ބްރިޖެކެވެ. މާލެ އާއި ހުޅުމާލެއާއި ހުޅުލެ ގުޅާލުމާއެކު އެ ސަރަހައްދުގެ ޓްރެފިކް އިތުރުވެ، އިޤްތިޞާދީ ހަރަކާތްތައް ވަނީ އިތުރުވެފައެވެ. އަދި ކަނޑު ދަތުރުތަކަށް ކުރާ ހޭދައާއި ވަގުތު ސަލާމަތްވުމަކީވެސް އެކަމުގެ ސަބަބުން އިޤްތިޞާދީގޮތުން ފައިދާތަކެއް ކުރާނެކަމަށެވެ.

Happy Birthday to SinaMalé Bridge!💐💐💐 pic.twitter.com/fCZP8x5jPW
— Ambassador Wang Lixin (@China_Amb_Mdv) August 30, 2022
މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ބްރިޖަކީ 1.39 ކިލޯމީޓަރ ދިގު 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖް ޑިޒައިންކޮށްފައިވަނީ ހަތަރު ލޭނަކަށް ބަހާލައިގެންނެވެ. އެގޮތުން ކާރާއި ޕިކަޕުފަދަ ހަތަރު ފުރޮޅުލީ އުޅަނދުތައް ދުއްވުމަށް 2 ލޭން ޚާއްސަކޮށްފައިވާއިރު، ސައިކަލު ދުއްވާ މީހުންނަށްވެސް ބައެއް ޚާއްސަކޮށްފައިވެއެވެ.
ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ޚަރަދުވިއެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ގޮތުގައި ހަދިޔާކޮށްފައިވާ ފައިސާއެވެ. އަދި މިމަޝްރޫއަށް ޗައިނާ އިން 170 މިލިއަން ޑޮލަރު ދިނީ ލޯނު އެހީގެ ގޮތުގައެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރިއެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް 4 އަހަރު ވެފައިވާއިރު މިއަދު އެ ބްރިޖަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ހިއްސާއެއް އަދާކުރާ ބްރިޖެކެވެ. މާލެ އާއި ހުޅުމާލެއާއި ހުޅުލެ ގުޅާލުމާއެކު އެ ސަރަހައްދުގެ ޓްރެފިކް އިތުރުވެ، އިޤްތިޞާދީ ހަރަކާތްތައް ވަނީ އިތުރުވެފައެވެ. އަދި ކަނޑު ދަތުރުތަކަށް ކުރާ ހޭދައާއި ވަގުތު ސަލާމަތްވުމަކީވެސް އެކަމުގެ ސަބަބުން އިޤްތިޞާދީގޮތުން ފައިދާތަކެއް ކުރާނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު