ޓޫރިޒަމް ޤާނޫނުގެ ދަށުން ނަގަމުންދާ ގްރީން ޓެކްސް އަލުން ނެގުމަށް ޤާނޫނަށް އިސްލާޙު ހުށަހަޅައިފިއެވެ.
ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފެވެ.
ގްރީން ޓެކްސް ނެގުން މިހާރު ހުއްޓުމަކަށް އައީ ޓޫރިޒަމް ޤާނޫނަށް އެންމެފަހުން ގެނައި އިސްލާހެއްގެ ސަބަބުންނެވެ. އެގޮތުން އެ ޤާނޫނަށް ގެނައި އިސްލާހެއްގައި ގްރީން ޓެކްސް ނަގާނީ އަންނަ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެންކަމަށް ބަޔާންކުރި ހިސާބުން ގްރީން ޓެކްސްގެ އާމްދަނީ ސަރުކާރަކަށް ނުލިބެއެވެ. މިކަމާއި ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ޢާމްދަނީން ބޮޑު ބައެއް ލިބުން ވަނީ ހުއްޓިފައެވެ.
މީރާގެ އޮފިޝަލަކު ވިދާޅުވީ ޤާނޫނު މިހާރު އޮތް ގޮތުން ގްރީން ޓެކްސް ނެގުމަކީ މީރާއަށް މި ވަގުތު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ އިސްލާހުގައި 2023 ޖެހިފައި ވަނީ ޑްރާފްޓް ކުރުމުގައި އަރާފައިވާ އޮޅުމަކުން ކަމަށް ބެލެވޭކަމަށް މިކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.
މީރާގެ އޮފިޝަލުން ބުނާގޮތުން ޤާނޫނުގައި ނެތް ކަމެއް މީރާއަށް ތަންފީޒު ނުކުރެވޭނޭކަމަށެވެ. އަދި މިހާރު ޤާނޫނު އޮތް ގޮތުން ގްރީން ޓެކްސް މި ވަގުތަކަށް ނުނެގޭނެކަމަށެވެ.
ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރު ނަގައެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރު އަންނަނީ ނަގަމުންނެވެ. ދައުލަތަށް ބޭރުފައިސާއިން 4 ވަނައަށް އެންމެ ބޮޑު ޢާމްދަނީ ލިބެނީ ގްރީން ޓެކްސްގެ ގޮތުގައެވެ.
މިދިޔަ ޖުލައިމަހު އެކަނިވެސް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 70 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ލިބިފައެވެ. ސަރުކާރުން ވަނީ މިހާރު ގްރީން ޓެކްސް ނަގަމުންދާ ރޭޓަށް ބަދަލުގެނެސް ބޮޑެތި ގެސްޓް ހައުސްތަކުން ނަގާ ޓެކްސްގެ ރޭޓު ބޮޑުވާ ގޮތަށް ޤާނޫނަށް އިސްލާހު ގެނެސްފައެެެވެ.

ކިޔުންތެރިންގެ ހިޔާލު