ރާއްޖޭގެ ޓޫރިޒަމް މިހާރު ބޮޑަށް އަމާޒު ކުރަނީ ދިގު މުއްދަތަށް ރާއްޖޭގައި ތިބޭ ފަތުރުވެރިންނަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މަޢުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި މިރޭ ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ، ރާއްޖެއަށް މިހާރު އަންނަ ފަތުރުވެރިންގެ ގިނަ ބަޔަކީ ކަލްޗަރަށް ޓޫރިޒަމަށް ޝައުގުވެރިވާ ފަރާތްތައް ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަލްޗަރަލް ޓޫރިޒަމަށް ވަރަށް ބޮޑު ފުރުސަތުތަކެއް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ، ރާއްޖޭގައި ޓޫރިޒަމްގައި މިހާރު އެންމެ ބޮޑަށް އަމާޒު ކުރަނީ ދިގު މުއްދަތަށް ރާއްޖޭގައި ތިބޭ އެފަދަ ޓޫރިސްޓުންނަށް ކަމަށާ އެހެންކަމުން ކަލްޗަރ އެންޑް ހެރިޓޭޖް ޓޫރިޒަމް މޮޑެލް ކުރިއެރުވުމަށް ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ވެސް މިހާރު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

ނަމަވެސް، އެނޫންވެސް ބާވަތްތަކުގެ ޓޫރިޒަމްގެ މޮޑެލްތައް ވެސް ކުރިއެރުވުމަށް މަސައްކަތް ކުރަމުން ދާކަމަށާ، އެގޮތުން ސްޕޯޓްސް ޓޫރިޒަމް މޮޑެލްއަކީވެސް މިހާރު ރާއްޖޭގައި ބޮޑު ތަރުހީބެއް އޮތް ބާވަތެއްގެ ޓޫރިޒަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރާ އަހަރެވެ. މި މުނާސަބާ، އެކި ހަރަކާތްތަކަށް ބަހާލައިގެން ފުޅާދާއިރާއެއްގައި ފާހަގަ ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު