ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމްގީރުއާއެކު އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ، ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދުގެ ޝަރީއަތް ފެށުމަށް މާދަމާއަށް ތާވަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އާންމު ކޮށްފައިވާ ގޮތުގައި މާދަމާގެ ޝަރީއަތުގެ އަޑުއެހުން އޮންނާނީ މެންދުރުފަހު 3:30 ގައެވެ. މި ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައެވެ. މި ޝަރީއަތް ސިއްރު ކޮށްގެން ކުރިޔަށް ގެންދަނީ ޖިންސީ މައްސަލަތަކާ ގުޅޭ ޝަރީއަތްތަކަކީ ސިއްރު ކޮށްގެން ކުރިޔަށް ގެންދާ އަޑުއެހުންތަކަކަށް ވާތީއެވެ.
ނަޝީދު، އަލަމްގީރު އާއިއެކު އެއްޖިންސުން ގުޅުން ހިންގާކަމަށް ބުނެ ލީކު ކޮށްލާފައިވާ ވީޑިއޯއާއި ގުޅިގެން ފުލުހުން ނަޝީދު ހައްޔަރު ކުރީ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. ނަޝީދާއިއެކު އެ މައްސަލާގައި ބަންދުކުރި އެހެން މީހުންނަށްވެސް މިހާރު ވަނީ ދައުވާކުރުމުގެ މަރުހަލާގައެވެ.

ކިޔުންތެރިންގެ ހިޔާލު