ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ބައްދަލުކުރެއްވުމަށް އެންމެ ލޯބިކުރަށްވާ އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު ޖެއިޝަންކަރާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާއިއެކު ނިއުދިއްލީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިންޑިއާ ކަނޑުގެ ގައުމުތަކުގެ ކުރިއެރުމަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ހާއްސަކޮށް، ބަނގުރޫޓުވެފައިވާ ސްރީލަންކާގެ މާލީ ހާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ރައީސް ނަޝީދު، އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރާ ބައްދަލު ކުރައްވާފައިވާއިރު، ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު ވެސް އިއްޔެ ވަނީ ނިއުދިއްލީއަށް ވަޑައިގެން އިންޑިއާ ސަރުކާރުގެ އިސް ފަރާތްތަކާއެކު މަޝްވަރާތައް ބާއްވަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު