ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި ޖާސޫސް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދީފިއެވެ.

ފުލުހުން ރޭ ބުނީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އެއާޕޯޓުން ދެ މީހުން ހުއްޓުވައި ސުވާލުކުރުމަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މީހުން އިއްޔެ އެއަރޕޯޓުގައި ސްޕައިކެމެރާތަކެއް ބަހައްޓައިގެން ވީޑިއޯ ކުރަމުންދާކަން ފާހަގަވުމުން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ދެ މީހުންގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި ދެމީހުންނަކީ ވެސް އިންޑިއާއަށް ނިސްބަތްވާ ދެ މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު