ޖުމުހޫރީ ޕާޓީގެ ކޮންފަރެންސް ބޭއްވުމަށް 7 މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލައިފިއެވެ.
ޖުމުހޫރީ ޕާޓީގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުއެވެ. ޖުމުހޫރީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ 146 ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ޤައުމީ ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ ޕާޓީގެ ރަށު ގޮފިތައް ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށް އެކުލަވާލާ ފުރިހަމަ ކުރުން ކަމަށް ބުނެފައި ވެއެވެ. އެގޮތުން އެކަމަށް 7 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ނަގާފައިވާކަމަށާއި، މިކޮމެޓީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޖޭޕީން ނެރުނު ބަޔާނުގައިވެއެވެެ.
ޖުމުހޫރީ ޕާޓީން ބުނީ އެޕާޓީގެ ގޮފިތައް ހެދުމަށް ޕާޓީއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވާ ކަަމަށެވެ. މިކަމާ މަޢުލޫމާތު ޕާޓީ ރަޖިސްޓްރާގެ އޮފީހުންނާއި ޕާޓީގެ އިދާރާއިން ލިބޭނެ ކަމަށް ޖުމުހޫރީ ޕާޓީން ބުންޏެވެ. އަދި މިކަމަށްޓަކައި ރަށްރަށަށް ދަތުރު ކުރުމާއި ޕާޓީ ޕްރޮމޯޓް ކުރުމާއި މީހުން ބާރުވެރި ކުރުމަށް މަސައްކަތް ކުރުމަށް ޕާޓީގެ އެންމެހާ ބޭފުޅުންނަށް ވެސް ފުރުސަތު ފަހިވެފައި އޮންނާނެ ކަމަށް އެޕާޓީން ވަނީ ބުނެފަައެެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ލީޑަރުކަން ކުރަށްވާ ޖުމުހޫރީ ޕާޓީއަކީ ރާއްޖޭގައި ތިން ވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެެވެ.

ކިޔުންތެރިންގެ ހިޔާލު