މިއަހަރު ހަރަދުކުރަން މަޖިލީހުން ފާސްކުރި 37 ބިލިއަން ރުފިޔާގެ ބަޖެޓުން 24 ބިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޖެޓުގެ މައުލޫމާތުތައް ދައްކާ ގޮތުން މި އަހަރު ޖުމްލަ ބަޖެޓުން 24 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އަދި މި އަހަރު މިހާތަނަށް ޖުމްލަ ހަރަދުގެ ގޮތުގައި 22 ބިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް އެ މައުލޫމާތުތަކުން އެނގެއެވެ.

މި އަހަރު އެންމެ ގިނައިން ބަޖެޓުން ހޭދަވެފައިވަނީ ރިކަރަންޓް ހަރަދުތަކަށެވެ.

ރިކަރަންޓް އެކްސްޕެންޑިޗާގެ ގޮތުގައި 16 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މުސާރަ އާއި ވޭޖަސްއަށް 6.4 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. އަދި އެޑްމިން ހަރަދުތަކަށް ނުވަ ބިލިއަން ރުފިޔާ ހޭދަވެފައިވާކަމަށް ބަޖެޓްގެ މައުލޫމާތު ތަކުގައިވެއެވެ.

މިއައަހަރަށް ފާސްކުރި ބަޖެޓުން ކެޕިޓަލް ހަރަދުގެ ގޮތުގައި މިހާތަނަށް 5.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ކެޕިޓަލް އިކުއިޕްމަންޓް ހަރަދުގެ ގޮތުގައި 228 މިލިއަން ރުފިޔާ، ލޭންޑް އަދި ބިލްޑިންގަށް 948.7 މިލިއަން ރުފިޔާގެ އިތުރުން އިންފްރާސްޓްރަކްޗާ އެސެޓަށް 2.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ބަޖެޓްގެ މައުލޫމާތުތަކުން ހާމަވެއެވެ.



ކިޔުންތެރިންގެ ހިޔާލު