މިއަހަރު އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާއި ގުޅުވައިގެން ހުޅުމާލޭގައި ބާއްވާ އެންމެ ބޮޑު ފެސްޓިވަލް، މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލްގައި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލް އަކީ ހުޅުމާލޭގައި ގިނަ ބަޔަކު އެއްވެ މަޖާ މާހައުލެއްގައި މުބާރާތުގެ މެޗުތައް ބަލާލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެޗްޑީސީގެ ފަރާތުން ބާއްވާ ފެސްޓިވަލެކެވެ.
އެޗްޑީސީން މައުލޫމާތު ދިންގޮތުގައި، ހުޅުމާލޭގެ 4 ސަރަހައްދެއްގައި ބޮޑު ސްކްރީން ހަރުކޮށް މެޗު ބެލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ ރޭވިފައެވެ. އެގޮތުން، ސެންޓްރަލް ޕާކް، ނެއިބާހުޑް 6 (ހިޔާ ސަރަހައްދު)، ރުއްގަނޑު 1 އަދި ރުއްގަނޑު 2 ގައި މި ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. މެޗުތައް ބެލުމުގެ އިތުރުން، ހާފް ޓައިމްގައި އެކި ހަރަކާތްތައް ރާވާފައިވާކަމަށްވެސް އެޗްޑީސީން މައުލޫމާތުދެއެވެ.
މީގެ އިތުރުން ހަފުތާ ބަންދު ދުވަސްތަކާއި، މުހިއްމު މެޗުތައް ކުޅޭ ދުވަސްތަކުގައި ލައިވް މިއުޒިކް ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްކޯރ ދިމާކުރުމާއި، މެޗުތައް ބެލުމަށް ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުނަގައިގެން އިނާމް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. ހަފުތާ ބަންދުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް އެޗްޑީސީން ނިންމާފައިވާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މައި ހުޅުމާލެ ވޯލްޑްކަޕް ފެސްޓިވަލް 2022 ގެ ޕާޓަނަރުންނަށް ވުމަށް
[email protected]
އަށް އީމެއިލް ކުރެއްވުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު