އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯ ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް ތަހުގީގަށް ދީފައިވާ ބަޔާން ލީކުވި މައްސަލަ ފުލުހުން ތަހުގީގު ކުރާނެ ކަމަށް ކޮމިޝަނަރު، އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަލަމްގީރް ތަހުގީގަށް ދީފައިވާ ބަޔާން ސޯޝަލް މީޑިއާގައި މިރޭ ވަނީ އާންމުވެފައެވެ. އެ ބަޔާނުގައި އަލަމްގީރް ވަނީ އޭނާ އެއްޖިންސުން ގުޅުން ހިންގި ބައެއް މީހުންގެ ވަނަވަރާއި އެކަން ހިނގައިދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. ޖުމުލަ ހަ ސަފުހާގެ މައްޗަށް އެކުލެވޭ މި ތަހުގީގު ބަޔާނުގެ ހުރިހާ ސޮފުހާއެއްގައި އަލަމްގީރު ސޮއިކޮށް އިނގިލީގެ ނިޝާން ވަނީ ޖަހާފައެެވެ.

ރާއްޖޭގެ މީޑިޔާ އަކަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނަރު އޮޕް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މިހައިތަނަށް ވެސް މި ބަޔާން އޮތީ ފުލުހުންގެ ތެރޭގައި ކަމަށާއި އެހެން ނަމަވެސް ލީކުވެފައި ނުވާ ކަމަށެވެ. އަދި މާދަމާއަށް ކޯޓުގައި މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް މިކަން ދިމާވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަން ކަމަށް އޭނާ ވިދާޅުވިއެވެ. ސީޕީ ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް ފުލުހުންގެ ތެރެއިން ބަލާނެ ކަމަށެވެ.

"ފުލުހުން މި މައްސަލަ ބަލާނެ. ފުލުހުންގެ ބޭރުންވެސް އިތުރު ތިން ފަރާތެއްގައި މިހާރު މި ބަޔާން އޮންނާނެ. އެހެންވީމަ މިކަން ވެގެން މި އުޅެނީ ކޮން ދިމާއަކުން ކަމެއް ނޭނގެ. މިއޮތް ހުރިހާ ދުވަހުވެސް ބަޔާން އޮތީ ފުލުހުން އަތުގައި." މީޑިޔާ އަކަށް ދެއްވި އިންޓަވިއު އެއްގައި ސީޕީ ވިދާޅުވި އެވެ.

ސީޕީ އިތުރަށް ވިދާޅުވީ ފުލުހުންގެ އިތުރުން އަލަމްގީރުގެ ބަޔާން މިހާރު އޮންނާނީ ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަލަމްގީރްގެ ދިފާއީ ވަކީލުގެ އަތުގައި ކަމަށެވެ.

ލީކު ކޮށްލާފައިވާ އެ ބަޔާނުގައި އަލަމްގީރުވަނީ އޭނާ ރާއްޖެއައިސް ފުރަތަމަ ކުރި މަސައްކަތާއި އޭނާ އެއްޖިންސުން ގުޅުން ހިންގަން ފެށިގޮތް ކިޔާދީފައެވެ. އަދި ރާއްޖޭގައި އޭނާ އެކަން ކުރަން ފެށިގޮތާއި، ވީޑިއޯތައް ރެކޯޑުކުރި ގޮތްތައްވެސް އޭނާ ވަނީ ކިޔައިދީފައެވެ.

ބަޔާނުގައި އޭނާ ބުނެފައިވަނީ، 45 އާއި 50 އާއި ދެމެދުގެ އަދަދަކަށް އޭނާގެ ފޯނުގައި ވީޑިއޯ ރެކޯޑު ކޮަށްފައި ހުންނާނެކަމަށެވެ. އަދި އެ ވީޑިއޯތައް ލީކުކޮށްފައި އެވަނީ އޭނާގެ ފޯނު ބަޔަކު ވަގަށް ނަގައިގެން ކަމަށްވެސް ބުނެފައިވެއެވެ. ޖިންސީ ގުޅުން ހިންގި ވީޑިއޯ ރެކޯޑް ކުރީ ބަޔަކު ބްލެކް މެއިލް ކުރުމަށް ނޫން ކަމަށް އަަލަމްގީރު ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު