ރ. މާކުރަތުގައި އިއްޔެ ހިންގި މާރާމާރީއާއި ގުޅިގެން 4 މީހަކު ހައްޔަރު ކޮށްފިއެވެ.

އިއްޔެ އެ ރަށުގައި 4 މީހެއްގެ މެދުގައި ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހެއްގެ ބޯ ފަޅާލާފައިވެއެވެ. އަދި އޭގެ ތެރެއިން އެކަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަަލްގައި ފަރުވާވެސް ދީފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 32 އަހަރާއި 36 އަހަރު އަދި 22 އަހަރުގެ ޒުވާނެއްގެ އިތުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންގެ ހައްޔަރަށް ގެންދިޔަ 4 މީހުންގެ ތެރޭގައި މާރާމާރީގައި ބޯ ފަޅާލި ދެ މީހުންވެސް ހިމެނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާކުރަތުގައި ހިނގި މާރާމާރީއާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 4 މީހަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް މި މާރާމާރީއާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. އަދި މިކަން ހިނގަން މެދުވެރިވި މައިގަނޑު ސަބަބެއްވެސް މިހާތަނަށް ސާފެއްނުވެއެވެ. ފުލުހުން ބުނީ، މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު