ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ، ބަންގްލާދޭޝްއަށް ނިސްބަތްވާ އަލަމްގީރުގެ ބަޔާނެއްކަމަށްބުނެ ބަޔާނެއް މީސްމީޑިއާގައި ދައުރުކުރަން ފަށައިފިއެވެ.

ފުލުހުންނަށް ދީފައިވާ ބަޔާނެއްކަމަށް ބުނެ ލީކު ކޮށްލާފައިވާ ބަޔާނަކީ ސައްހަ ބަޔާނެއްކަމެއް މިހާތަނަށް ފުލުހުން ޔަގީން ކޮށްދީފައެއް ނުވެއެވެ.

ނަމަވެސް ލީކު ކޮށްލާފައިވާ އެ ބަޔާނުގައި އަލަމްގީރުވަނީ އޭނާ ރާއްޖެއައިސް ފުރަތަމަ ކުރި މަސައްކަތާއި އޭނާ އެއްޖިންސުން ގުޅުން ހިންގަން ފެށިގޮތް ކިޔާދީފައެވެ. އަދި ރާއްޖޭގައި އޭނާ އެކަން ކުރަން ފެށިގޮތާއި، ވީޑިއޯތައް ރެކޯޑުކުރި ގޮތްތައްވެސް އޭނާ ވަނީ ކިޔައިދީފައެވެ.

ބަޔާނުގައި އޭނާ ބުނެފައިވަނީ، 45 އާއި 50 އާއި ދެމެދުގެ އަދަދަކަށް އޭނާގެ ފޯނުގައި ވީޑިއޯ ރެކޯޑު ކޮަށްފައި ހުންނާނެކަމަށެވެ. އަދި އެ ވީޑިއޯތައް ލީކުކޮށްފައި އެވަނީ އޭނާގެ ފޯނު ބަޔަކު ވަގަށް ނަގައިގެން ކަމަށްވެސް ބުނެފައިވެއެވެ.

އެ ބަޔާނުގައި އަލަމްގީރު ބުނެފައިވަނީ ގިނަބަޔަކާއެކު ގުޅުންހިންގި ނަމަވެސް އޭނާ ހަނދާން ހުންނަނީ، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަަށާއި، އޭނާ އަލަމްގީރަށް ހަދިޔާވެސް ދޭކަމަށާއި އަދި ކެނެރީގެއަށް ވެސް އަލަމްގީރު ގެންދިޔަކަމަށް ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު