ރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ފައިސާ ނެގޭނެގޮތް ހަމަޖެއްސުމަށް ބަހައްޓާ އޭޓީއެމްތައް، ރަށްރަށަށް ބަހާލާ ގޮތާމެދު ނޮޅިވަރަމު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު، މޮސްޓާ ނުރުހުން ފާޅު ކުރައްވައިފިއެވެ.
ރާއްޖޭގެ ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބެހެއްޓުމުގައި ތަފާތު ކުރުން ގެންގުޅޭކަމަށް ވިދާޅުވެ މޮސްޓާ މިއަދުވަނީ، ނޮޅިވަރަމު ދާއިރާގައި ހިމެނޭ ދެ ރަށުގައި އޭޓީއެމް ނުބަހައްޓަނީ އެ ދާއިރާގައި އެމްޑީޕީއަށް ތާއީދު ނެތީމަތޯ ސުވާލު ކުރައްވާފައެވެ.
އޭނާ ވިދާޅުވީ، އޭނާގެ ދާއިރާގެ ރަށެއްގައި އޭޓީއެމް ބަހައްޓަން އެދުމުން ދޭ ޖަވާބަކީ، އޭޓީއެމް ބެހެއްޓުމަކީ ބޭންކްގެ ޕޮލިސީ ނޫންކަމަށް ކަމަށެވެ. އަދި އެ ދާއިރާގެ ރަށްތަކަށްވުރެ އާބާދީ މަދު ރަށްތަކުގައި ވެސް އޭޓީއެމްގެ ހިދުމަތް ދޭން ފަށާފައިވާކަން ފާހަގަ ކުރައްވާ މޮސްޓާ ވަނީ އެކަން ކުރުމުގައި ގެންގުޅެނީ ކޮން އުސޫލެއްތޯ ސުވާލު އުފައްދަވާފައެވެެ.
ނޮޅިވަރަމް ދާއިރާގައި ހިމެނެނީ ނޮޅިވަރަމާއި ނޮޅިވަރަންފަރެވެ. ނޮޅިވަރަމުގައި 2646 މީހުން އުޅޭއިރު ނޮޅިވަރަންފަރުގައި 1854 މީހުން ދިރިއުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު